އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައިފިއެވެ. އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރެއިން 6 ވަނަ ޤައުމެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 1.8 އިންސައްތައިގެ ދަށްވުމެކެވެ.
އިންޑިއާއިން ރާއްޖެއަށް 100,435 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއަހަރުގެވެސް އަދި މިދިޔަ އަހަރުވެސް އިންޑިއާ ހިމެނެނީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ.
ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުތައް:
-
ޗައިނާ: 326,741 ފަތުރުވެރިން
-
ރަޝިއާ: 248,739 ފަތުރުވެރިން
-
އިނގިރޭސިވިލާތް: 131,996 ފަތުރުވެރިން
-
ޖަރުމަނުވިލާތް: 115,814 ފަތުރުވެރިން
-
އިޓަލީވިލާތް: 103,504 ފަތުރުވެރިން
-
އިންޑިއާ: 100,435 ފަތުރުވެރިން
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ރޯޑްޝޯތަކާއި އަދި ފެއަރތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިވަގުތަށް ބަލާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1296 ތަނެއް ވަނީ ހުޅުވާފައެވެ. މިތަންތަނުގެ ބެޑް ކެޕޭސިޓީ 68،243 އަށް އަރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.