ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ 7 ވަނައަށް އޮސްޓްރޭލިއާ

tourists
ރާއްޖޭގެ ރިސޯޓަކަށް ފަތުރުވެރިންތަކެއް ފައިބަނީ —
TTH_Ads
Maldivian_Ads
STO_Ads
Advertisement

އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދަށް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް އައިސް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ 7 ވަނައަށް އެ ޤައުމު ކުރިއަށް ޖެހިލައިފިއެވެ. ފާއިތުވި އަހަރު ނިމުނުއިރު އެ ޤައުމު އޮތީ މި ލިސްޓުގެ 11 ވަނައިގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 39،487 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން ޒިޔާރަތްކުރި 32،843 ފަތުރުވެރިންނާ އަޅާބަލާއިރު %20.2 ގެ ބޮޑު ކުރިއެރުމެކެވެ. މިއާއެކު ރާއްޖެއަށް އަންނަ މުޅި ފަތުރުވެރިންގެ %2.4 ހިއްސާކުރަނީ އޮސްޓްރޭލިއާ މާކެޓުންނެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ ޤައުމުން 17،737 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، ފަހަކަށް އައިސް މި ޢަދަދު ވަނީ ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައެވެ. މި ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ، ޤައުމީ އެއާލައިން “މޯލްޑިވިއަން” އިން މިއަހަރުގެ މެއި މަހު އޭ330 މަރުކާގެ ބޯޓުގައި އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފެށުމެވެ. މި ދަތުރުތަކަށް އޮތް ބޮޑު ތަރުޙީބާއެކު، އަންނަ އަހަރުން ފެށިގެން ހަފުތާއަކު އެއް ދަތުރު ޝެޑިއުލްކޮށް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އަދިވެސް އޮތީ 300،000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ޗައިނާއެވެ. ދެވަނައިގައި 200،000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތް އަދި އިޓަލީވިލާތުން ކޮންމެ ޤައުމަކުން 100،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އަވައްޓެރި އިންޑިއާއިން 95،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ރިސޯޓެއްގައި މޫދަށް އެރިއުޅުނު ދެ ފަތުރުވެރިއަކު ގެނބިގެން ފަރުވާދެމުންދަނީ

ނިލާ ކޮރަލް އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވައިފި

tourists

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން

ameen

ފަތުރުވެރިކަމަށް ދޫކޮށްފައިވާ 161 ތަނެއް ނުނިމި އެބައޮތް: ވަޒީރު އަމީން