ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަމުގެ މަޝްރޫއުތަށް ހިންގުމަށް ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ދެނީ

TTH_Ads
STO_Ads
Maldivian_Ads
Advertisement

ރަށްރަށުގެ ކައުންސިލްތަކުގެ ވިސްނުމާ އެއްގޮތަށް ފަތުރުވެރިކަމުގެ މަޝްރޫއުތައް ރާވައި ހިންގުމަށް ބޭނުންވާ ފަންނީ އެއްބާރުލުން ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ”ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ނިޔާޒު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ޓޫރިޒަމް ފުޅާކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާ ގާތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ކައުންސިލްތަކާ މަޝްވަރާކޮށް އެމްއޯޔޫތައް ހަދައި، އެ ރަށްރަށަށް އެންމެ އެކަށޭނަ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ތަޢާރަފުކުރުމަށާއި، ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުން ފަދަ ކަންކަމުގައި ފަންނީ ލަފަޔާއި އެހީތެރިކަން ވުޒާރާއިން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ކައުންސިލްތަކާއެކުވެސް އެމީހުން ބޭނުންވާފަދަ ގޮތަކަށް ޕްލޭންކޮށްގެން މަޝްވަރާކޮށްގެން އެމްއޯޔޫތައްވެސް ހަދައިގެން އެބޭފުޅުންނަށް އެބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްކޮށް އެކަންކަން އެބޭފުޅުންނަށް ފަހިކޮށްދީގެން، އަޅުގަނޑުމެން އެބޭފުޅުންނާ ގުޅިގެން ފާހަގަކޮށްފަ ހުންނަ ސަރަހައްދުތަކަށް އެބޭފުޅުން ގެންނަން ބޭނުންވާ ޕްރޮޑަކްޓުތައް ގެނެވޭތޯ އެހީތެރިވެ ބިޑް ޑޮކިއުމެންޓޭޝަންއާއި އެކަހަލަ އެބޭފުޅުން ބޭނުންވާ ފަންނީ ލަފައެއް ދީގެން އެބޭފުޅުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންމިދަނީ،” ނިޔާޒު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސަރުކާރުން މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، އުތުރާއި ދެކުނުގެ ރަށްތަކާއި ފަޅުތައް ޓޫރިޒަމަށް ދޫކުރުމުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދެމުންދާކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށާއި އުމްރާނީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ދާއިރާގެ އެނދުތަކުގެ އަދަދު އިތުރުވެގެންދާނެއެވެ.

މީގެއިތުރުން ނިޔާޒު ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން މެދުރާއްޖެތެރެއަށް ބޮޑަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއާޕޯޓެއް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި އެ ސަރަހައްދެއްގައި މަދުވެގެން 6،000 އާއި 8،000 އާ ދެމެދުގެ އެނދު ބޭނުންވާތީ، ވައިގެ ބަނދަރުތަކާ ގުޅުވައިގެން ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫޢުތައް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ވަކި ސަރަޙައްދެއް އިސްތިސްނާނުކޮށް، ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ފަތުރުވެރިކަމުގެ މަންފާއާއި ނަފާ ހަމަހަމަކަމާއެކު ލިބިގެންދާނެ ފަދަ ޝާމިލު ސިޔާސަތެއް ތަންފީޒުކުރުން ކަމަށްވެސް ސްޓޭޓް މިނިސްޓަރު ނިޔާޒު ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިޔަން ރުފިޔާ، މިއީ %0.7 އިތުރު އަދަދެއް

ފަތުރުވެރިކަމުގެ ސިނާޢަތުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

Screenshot 2026 10 04

ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ލޯންޗުކޮށްފި

tourist arrival

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން