ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހައްސަ އޮޕަރޭޝަންގެ ތެރެއިން، ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާ ތިލަފުށި ބަލައިފާސްކޮށް، 32 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ތިލަފުށީގައި ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ތިލަފުށީގައި ކުރިއަށްގެންދިޔަ ރެއިޑްގެ ތެރެއިން: ފޮޓޯ: އިމިގްރޭޝަން

އަދި މި ރެއިޑުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

HajjCop_ads
Advertisement

މިދިޔަ މެއި މަސް ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނައި ފޮޓޯ އަދި މައުލޫމާތު އެއްކުރުމަށް ފެށި “އޮޕަރޭޝަން ކުރަނގި”ގެ ތެރޭގައި ސައްހަ ވޯކްޕާޓިކްގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން %98 މީހުންގެ ބަޔޮމެޓްރިކްސް ނެގިފައި ވެއެވެ. އަދި ބާކީ ތިބި މީހުން ކުރިއަށް އޮތް ހަ މަސް ތެރޭގައި ހޯދައި ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

އޭގެ ފަހުންވެސް ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދަން، ބޮޑެތި އޮޕަރޭޝަންތައް އިމިގްރޭޝަނުން ހިންގައެވެ.

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސެލޫންއާ ސްޕާތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ހަތް ބިދޭސީން ހައްޔަރު ކޮށްފި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

426 ބިދޭސީއަކު ފާސްކޮށް، 13 ބިދޭސީން ހައްޔަރުކޮށްފި

immigration faseeh

ޓްރެވަލް ޑޮކިއުމަންޓުގެ ފީ ކަނޑާލުމުގެ ބާރު ކޮންޓްރޯލަރަށް