ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ ހަފުތާގައި ޕާސްޕޯޓުގެ މައްސަލަ އާންމު ހާލަތަށް އަންނާނެ: އިމިގްރޭޝަން

immigration
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިވެހި “އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު” ޕްރިންޓްކުރުމަށް ބޭނުންވާ ބުކްލެޓްތައް ރާއްޖެ ގެނައުމުގައި ދިމާވި ލަސްތަކާ ގުޅިގެން ޕާސްޕޯޓު ދޫކުރުމަށް ކުރިމަތިވި ދަތިތަކަށް އަންނަ ހަފުތާގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

“އެމްއެމްޓީވީ” އަށް މައުލޫމާތު ދެމުން އިމިގްރޭޝަނުން ބުނީ އައު ސްޓޮކް ލިބި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތްތައް އަންނަ ހަފުތާގައި އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށެވެ. އަދި މި ވަގުތު އީ-ޕާސްޕޯޓު ދޫކުރުމުގައި އިސްކަންދެމުންދަނީ ކޮންމެހެން ފުރަންޖެހޭ ކުއްލި ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށް ވެސް އެ އިދާރާއިން ބަޔާންކުރެއެވެ.

އީ-ޕާސްޕޯޓް ބުކްލެޓްގެ ސްޓޮކް ލިބުމުގައި ލަސްތަކެއް އުޅޭތީ، މި ދަނޑިވަޅުގައި އާންމުކޮށް ދޫކުރަމުން ދަނީ “ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް” އެވެ. މި ޕާސްޕޯޓަކީވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓަކަށް 1,000 ރުފިޔާގެ ފީއެއް ނަގާއިރު، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، މި ހާލަތާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މިހާރު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ހައްދަވާ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން އެދޭނަމަ، “ކެންސަލޭޝަން ފީ” އަކާ ނުލައި އެކަން ހަމަޖައްސައިދިނުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

އަދި އިންޑިއާ އާއި ސްރީލަންކާއަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތު އޮންނަ އިމަޖެންސީ ޕާސްޕޯޓް ވެސް މިހާރު ދޫކުރަމުން އަންނަ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތޮއްޑޫގައި ޤަވާޢިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން

ސެލޫންއާ ސްޕާތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ހަތް ބިދޭސީން ހައްޔަރު ކޮށްފި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

426 ބިދޭސީއަކު ފާސްކޮށް، 13 ބިދޭސީން ހައްޔަރުކޮށްފި