ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރި ހަތް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ހައްޔަރު ކުރީ ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތައް ބެލުމަށް ޓާސްކް ފޯހުން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީންތަކެއް ކަމަށެވެ.

މި އޮޕަރޭޝަން ހިންގީ އިއްޔެ އެވެ.

އިޝްތިހާރު އިޝްތިހާރު

މި އޮޕަރޭޝަނުގައި ޖުމްލަ އަށް ތަނެއް ޗެކްކޮށް 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލާފައިވެއެވެ.

ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގި މި ފަދަ ޚާއްޞަ އޮޕަރޭޝަންތަކަކީ ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ހުއްޓުވުމަށް ކުރެވޭ މަސައްކަތް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

މީގެ ކުރިން އިމިގްރޭޝަނުން ވަނީ ހުޅުމާލޭ ލޯކަލް މާރުކޭޓަށް ހާއްސަކޮށްވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައި އެވެ.