ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޖީއެމްއެޗުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް

STO_Ads
TTH_Ads
Advertisement

ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، ހަކުރުބަލީގެ ސްކްރީނިން ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުންވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

ހަވީރު 4އިން 6އަށް ކުރިއަށްގެންދިޔަ ހަރުކުބަލި ސްކްރީނިން ހަރަކާތަކީ، ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ހަކުރު ބައްޔާއިގުޅޭ މަޢުލޫމާތު ދިނުމަށް އައިޖީއެމްއެޗްގެ ނޭޝަނަލް ޑައިބެޓިކް ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން އިސްކޮޅު، ބަރުދަން އަދި ބީއެމްއައި ބެލުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި ލޭގެ ޕްރެޝަރާއި، ހަކުރު ޗެކްކުރުމުގެ އިތުރުން، ކާނާއާއި ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

HajjCop_ads
Advertisement

ހަކުރު ބައްޔާއި ގުޅޭގޮތުން ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދުމުގެ ފުރުޞަތުވެސް މި ހަރަކާތުގެ ތެރެއިން ފަހިކޮށްދީފައިވާއިރު ކުޑަކުދިންނަށް ޚާއްސަކޮށްގެންވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ޑައިބެޓިކް ސެންޓަރުގެ ސީނިއަރ ކޮންސަލްޓަންޓް އިން މެޑިސިން ޑރ. މޫސާ މުރާދު ވިދާޅުވީ، މި ހަރަކާތަކީ ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ. ކުރިއަށްއޮތްތަނުގައި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އަމާޒެއްކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

“ސްކްރީނިން ޕްރޮގްރާމެއްގެ ގޮތުގައި އަޅުގަނޑުމެން މި ޕްރޮގްރާމް ކުރިއަށްމިގެންދަނީ. މިތަނުން ސްކްރީންވާ ބަލިމީހުންނަށާއި، މިހާރުވެސް ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ދިނުމާއެކީގައި. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް.” ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.

ނޭޝަނަލް ޑައިބެޓިކް ސެންޓަރަކީ ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ހަކުރުބަލި ރާއްޖޭގައި ހުރި ނެތްވަރު ބަލާ، ހަކުރު ބަލި ހުންނަ މީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދޭ ސެންޓަރެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

90

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދާނެ ފެސިލިޓީއެއް ޤާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ

88887

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި