ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލު ހިމެނޭ ސަަރަޙައްދު ބަންދުކޮށްފިއެވެ.
ބޮޑުތަކުރުފާނުމަގުގެ މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލު ހިމެނޭ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާދަމާ އެސަރަޙައްދު މަރާމާތުކުރަން ހަމަޖެހިފައިވާތީ މިރޭ ދަންވަރު 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް އާންމު ދަތުރުފަތުރަށް މަގު ބަންދުކުރެވޭނެ ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެ އައިޖީއެމްއެޗާ ހަމައަށް މަގު ހެދުމަށް ބޮޑުތަކުރު ފާނު މަގު ތާޖުއްދީން ހިނގުމާއި އަމީނީ މަގާ ދެމެދު މިރެއިން ފެށިގެން ބަންދުކުރާނެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ވަނީ މައާފަށް އެދިފައެވެ.










ކިޔުންތެރިންގެ ހިޔާލު