ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އާ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރާނަން: މުއްޠަލިބް

dr muthalib
TTH_Ads
STO_Ads
Advertisement

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ.

ވަޒީރު ވިދާޅުވީ ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ދަރިން ގިނަވުމުގެ ސަބަބުން އެހެން ތަނަވަސް ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާ އާއިލާތައް ހުރިކަން ފާހަގަކުރައްވައި، ސަރުކާރުގެ ސިޔާސަތު ބައްޓަންވާން ޖެހޭނީ އެފަދަ ފަރާތްތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދީ، އެއަށް ވުރެ ތަނަވަސް ދިރިއުޅުމެއްގެ ފުރުސަތު ހޯދައިދެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ. ނަމަވެސް، އޭގެ ތަފްސީލު މި ވަގުތު ދަންނަވަން ދަތި. ސަރުކާރުން މަސައްކަތް ކުރާނީ އެކަމަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް،”މުއްތަލިބް

މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހިޔާގެ ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން ދިރިއުޅޭއިރު، އެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ އިސްކަމެކެވެ. ނަމަވެސް، އެ ސަރަހައްދަށް ކަނޑައަޅާފައިވާ ހުސް ބިންތަކުން ނުވަތަ “އޯޕަން ސްޕޭސްތަކުން” މީގެ ކުރިން ގޯތި ދީފައިވުމުގެ ސަބަބުން، އިތުރު ހިދުމަތްތައް ގާއިމުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހިޔާ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ސަރަހައްދުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ކުރާ މަސައްކަތްތައް ސަރުކާރުން ބާރުއަޅައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލައިފި

Igmh

ހިޔާގެ ތިން ޓަވަރެއްގެ އާ ލިފްޓުތައް އާންމުންނަށް ހުޅުވާލައިފި

dr muthalib

ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

DSC

ޑްރާފްޓު އެޕްލިކޭޝަނާއެކު ފްލެޓަށް އެދި މިހާތަނަށް 37000އަށްވުރެ ފޯމު