ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ ޝީޓްޕައިލްކުރުން އެމްޓީސީސީން ނިންމައިފި

Igmh
TTH_Ads
STO_Ads
Advertisement

މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓް އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މަގުގެ ދުވާރު ހެދުމާއި ޕާކިންގ ސަރަޙައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ބާރު ދުވެލީގައި ކުރިއަށްދާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންގާރަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، ތާރު އެޅުމަށް ބޭނުންވާ މެޝިނަރީތައް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު މުޅި މަޝްރޫޢު އެއްކޮށް ޖުލައި 26 އަށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

HajjCop_ads
Advertisement

މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ އެމަނިކުފާނު ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ފެށްޓެވި ރިންގް ރޯޑް މަޝްރޫޢުގެ މުހިންމު ބައެއް ކަމަށެވެ. މާލޭގެ ވަށައިގެން ރިންގެއްގޮތަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމިގެންދާއިރު ބޭރުމަގަކީ ދެކޮޅަށް ދުއްވޭ ފުޅާމަގަކަށް ވެގެންދާނެއެވެ. މި ބަދަލާއެކު މާލޭގެ އެތެރޭގެ މަގުތަކަށް ބާރުބޮޑުވާ މިންވަރު ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރިންވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާއި ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްދާ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކުރާނެއެވެ. އަދި މި ފިޔަވަހި ނިމުމާއެކު ނޯތު ހާބަރުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ސަރަޙައްދާ ހަމައަށް އޮތް ބައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށީ ބަނދަރުގެ 54 އިންސައްތަ މަސައްކަތް ނިންމާލައިފި

Screenshot 2026 07 05

ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވައިފި

Io

ހިންނަވަރު ބޭރު ތޮށީގެ މަސައްކަތްތައް ބާރަށް ކުރިއަށް

ބޮޑުތަކުރުފާނު މަގު: ސެގްމަންޓް 4 އަދި 5 ގެ މަގު އެއްވަރުކުރަން މިއަދު ފަށާނެ