ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަހުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓޭނީ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް ނިމުމުން: ވަޒީރު ޝިޔާމް

DSC
TTH_Ads
Maldivian_Ads
STO_Ads
Advertisement

މަސްވެރިން ބާނާ މަހަށް ލިބޭ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓޭނީ، މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް ނިމި އޮޕަރޭޝަނަށް އައުމުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުން ކަމަށެވެ. މި އަމާޒު ހާސިލުކުރުމަށްޓަކައި ޕްރައިވެޓް ސެކްޓަރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ގާއިމުކުރެވެމުންދާ ކޯލްޑް ސްޓޯރޭޖްތަކުގެ މަސައްކަތް ނިމުމުން މަސްވެރިކަމުގެ ސިނާޢަތުގެ ޕްރޮސެސިންގް ކެޕޭސިޓީ އިތުރުވެ، މަސް ގިނައިން ބޭނޭ މޫސުންތަކުގައި މަސް ބޭރުކުރުމުގެ ބަދަލުގައި ރައްކާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ މަސް މަދު ދުވަސްވަރުވެސް މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް 1.1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ނުދީ ހުރި 250 މިލިޔަން ރުފިޔާގެ ބެކްލޮގް ކްލިއަރ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވައި، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި ނިޒާމު ހަރުދަނާކޮށް ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ މުހިންމު އިންވެސްޓްމަންޓްތައް ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ މަސްވެރި ސިނާޢަތަށް އިންގިލާބީ ބަދަލެއް ގެނެސް، އެ ސިނާޢަތުގެ ތަރައްޤީއާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުން ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big iCDZwK2ARA7LGveVa265INqYM

ބުޅާ ގެންގުޅެން ޚާއްޞަ ރަށެއް ތަރައްޤީކުރަނީ

IMG

މިހާތަނަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް

minister shiyam

މަސްވެރި ސިނާއަތުގައި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ އިންވެސްޓުމަންޓް: ޝިޔާމް

shiyam minister

ޅޮހީގައި އައު އައިސްޕްލާންޓެއް މިއަހަރު ޤާއިމްކުރާނަން: ވަޒީރު