ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތައުލީމީ މީހުންގެ ކިބައިން ހަރުދަނާ އަޚުލާގު ފެންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެ

43
TTH_Ads
Maldivian_Ads
STO_Ads
Advertisement

ތައުލީމު ލިބިފައިވާ މީހުންގެ ކިބައިން ޖަމާއަތުގެ މަސްލަހަތު އިސްކުރުން ފަދަ ހަރުދަނާ އަޚުލާގު ފެންނަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މިއާންޒް ކޮލެޖުން ކުރު މުއްދަތެއްގެ ތެރޭގައި ހަލުވި ދުވެލީގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައިފައެވެ. އެ ކަމަނާ ވިދާޅުވި ގޮތުގައި، ގައުމީ ފެންވަރުގައި ރަނގަޅު ތަރުބަވީ އާޖީލެއްގެ ބިންގާ އަޅައިދިނުމަށް އެ ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަކީ މުޅި ދައުލަތަށް ވެސް ލިބޭ އުފަލެކެވެ. ތައުލީމަކީ އިންސާނާ ތަރައްގީކޮށްދޭ މައިގަނޑު ވަސީލަތް ކަމަށާއި، ތަރައްގީއަކީ އިންސާނާއަށް އަންނަ ހެޔޮ ބަދަލުތަކެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ތައުލީމު ހާސިލުކުރުމުގެ ބޭނުމަކީ ދީނާއި ގައުމަށާއި، އަމިއްލަ ފަސްގަނޑާއި އާއިލާގެ އިތުރުން އަމިއްލަ ނަފުސަށް ބާއްޖަވެރިކަން ގެނައުން ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެ ކަމަނާގެ ވާހަކަފުޅުގައި، ހަގީގީ ތައުލީމީ މީހެއްގެ ކިބައިން ފެންނަންވާނެ ސިފަތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ދީނީ ކަންކަމަށް ފަރުވާތެރިވުމާއި، މުއާމަލާތް ކުރުމުގައި އަނެކުންނަށް އިޙުތިރާމު ކުރުމަކީ މުހިންމު ކަންތައްތަކެއް ކަމަށެވެ. މީގެ އިތުރުން، އަމިއްލަ އެދުމަށް ވުރެ ޖަމާއަތުގެ މަސްލަހަތު އިސްކުރުމަކީ ތައުލީމީ މީހެއްގެ ކިބައިން ފެންނަންޖެހޭ އެންމެ މަތީ އަޚުލާގީ ސިފަކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއާންޒް ކޮލެޖަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރައްވައިފައެވެ. އެގޮތުން، އެ ކޮލެޖަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ސާޖިދާ މުޙައްމަދު އެވެ. މީގެ އިތުރުން، 5 އަހަރާއި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފުންނަށް ވެސް ހަނދާނީ ފިލާ ދީފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

470162 6db2f94a 3

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ

saajida

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: ސާޖިދާ

Igmh

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފަސްޓްލޭޑީ ވިދާޅުވެއްޖެ

Igmh

ދިވެހިންގެ އާދަކާދަތަކާއި ހިސާބު އިލްމާ ހުރި ގުޅުން ދައްކުވައިދޭ ތާރީހީ ފޮތެއް ސާޖިދާ ނެރެދެއްވައިފި