ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

358532 8e93792b 6
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދަނޑުވެރިކަމާއި ގަސްގަހާގެހި ހެއްދުމުގެ މަސައްކަތުގައި ޞިއްޙީ ގޮތުން ރައްކާތެރި ހަމަތަކާއި މިންގަނޑުތައް ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މަންސައެއްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ފަސްޓް ލޭޑީގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީއަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތަކާއެކު، މިއަދު ދަނޑުވެރިކަމަކީ ކުދިކުދި ޖާގަތަކުގައިވެސް ނުހަނު ބޮޑު މަންފާއަކާއި ނަފާއެއް ނެރެވޭނެ ގޮތަށް ކުރިއަށް ގެންދެވިދާނެ މަސައްކަތެކެވެ. އެގޮތުން، ކޮންމެ ގެއެއްގެ ގޯތިތެރޭގައި ވިޔަސް ދަނޑުވެރިކަމުގެ ކުޑަ މިންވަރެއްގެ މަސައްކަތެއް ކުރުމަކީ ތިމާވެށީގެ ފެހިކަން އިތުރުވެ، ނޭވާލާ ވައި ސާފުވުމުގެ އިތުރުން، ފައިދާހުރި ރަނގަޅު ކާނާ އަމިއްލައަށް ހޯދުމަށް ލިބިގެންދާނެ ވަރަށް އަގުހުރި ފުރުޞަތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި ޚިދުމަތްތެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަމުން، ކޮންމެ ދިވެހި ރައްޔިތަކީވެސް އަމިއްލައަށް ގަސް އިންދައި ހެއްދުމަށް ޝައުޤުވެރިވާ މީހަކަށް ވުމަށް މެޑަމް ސާޖިދާ ވަނީ ގޮވާލައްވާފައެވެ.

ދިވެހި ދަނޑުވެރިން ޤައުމަށްޓަކައި ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ފުރަތަމަ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް، ދަނޑުވެރިންނާއި އެ ފަރާތްތަކުގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުމުގެ މަގުފަހިކުރުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމުގައިވާ އޮކްޓޫބަރު 16 އާ ގުޅުވައިލުމަށްޓަކައި، ދުވަސް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. އެގޮތުން 2020 ވަނަ އަހަރުގެ ފެބްރުއަރީ 11 ގައި ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ އެއްގޮތަށް، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް އަންނަނީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dhanduverikan

އިންވެސްޓްމަންޓާއި ހަރުދަނާ ސިޔާސަތުތަކާއެކު ކާނާގެ ޔަޤީންކަމާ ދިމާއަށް

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް

Qw

ރާއްޖޭގެ ސިއްޙީ ދާއިރާ އަމާޒު ހިފާފައިވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިކޮށްދިނުމަށް: ސާޖިދާ