ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ހަރަދު ކުޑަކުރުމަށް ހުޅުވައިލި ފުރުސަތުގައި 97 މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދިއްޖެ

Sstv FORM FOR EC
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުޅުވައިލި ފުރުސަތުގައި 97 މުވައްޒަފަކު އެކަމަށް އެދި ހުށަހަޅައިފިއެވެ.

ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް ކުންފުނި ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވަނީ ވިދާޅުވެފައެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި އަމިއްލައަށް ވަކިވާން އެދޭ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ކުންފުނިން ވަނީ ނިންމާފައެވެ. މި ހުށަހެޅުން ގަބޫލުކޮށް ހަފުތާއެއްގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިވުމަށް ހުށަހަޅާފައެވެ.

އާ މެނޭޖުމަންޓާ ހަވާލުވިއިރު ފެނަކައިގެ ޕޭރޯލުގައި 8000 އެއްހައި މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 90 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދުވަމުންދާކަމަށް އަފީފު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުން ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއަށް ނަގާފައިވެއެވެ. މީގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުންނާއި މަސައްކަތުގެ ވަގުތުގައި ވަޒީފާއަށް ނުނިކުމެ އެހެނިހެން ކަންކަމުގައި އުޅޭ މީހުން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ. މުސާރައަށް ކުރަންޖެހޭ ބޮޑު ހޭދައިގެ ސަބަބުން ކުންފުނިން ހިންގަން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ފައިސާގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

HajjCop_ads
Advertisement

ފެނަކައިގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން އިންވެސް ވަނީ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވެވޭ ގޮތަށް ރިޑަންޑެންސީ ޕްރޮގުރާމެއް ތައާރަފުކޮށްފައެވެ. މި ފިޔަވަޅަކީ އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅި ފިޔަވަޅެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ދައުލަތުގެ ހުރިހާ ކުންފުނިތަކަށް އިރުޝާދު ދީފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

Io

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ބަރޯސާވެވެނީ އިންޖިނިއަރުންގެ ބުރަ މަސައްކަތުން: އަފީފް

WhatsApp Image 2026 08 28 at 18.07.38

ހޯރަފުށީ ސްކޫލް ދަރިވަރުންނަށް ކަރަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފި

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި