ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް ކޮރަޕްޝަން ސާބިތުވެ ބަންދުކުރަން އަމުރުކޮށްފި

Qw
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ވެރިޔާ މަރިޔަމް ދީނާ ސޯލިހުގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، އަދަބު ކަނޑައެޅެންދެން އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކު ފެނަކައިން ވި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކުރިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައެކެވެ.

ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ދީނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވިކަން ކަނޑައެޅުމާ އެކު، ދައުލަތުގެ އެދުމުގެ މަތިން ގާޒީ ވަނީ ހުކުމް އިއްވުމާ ހަމައަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ.

HajjCop_ads
Advertisement

ކޯޓުން އެގޮތަށް އަމުރުކުރުމުން ދީނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ވަރަށް ބޮޑަށް ރޮއެފައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މި ހިޔާނާތާ ގުޅިގެން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް މީގެ ކުރިން ވަނީ ޖަލު ހުކުމެއް ކޮށްފައެވެ.

ކުރިން ދީނާއަށް ހުކުމް ނުކުރެވި ލަސްވީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެންނެވެ. އޭގެ ފަހުންވެސް ސިއްހީ ސަބަބުތައް ދައްކައި މެޑިކަލް ލިޔުންތައް ހުށަހަޅައިގެން އޭނާ ވަނީ ޝަރީއަތަށް ހާޒިރުނުވެ އެތައް ދުވަހެއް ވޭތުކޮށްފައެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައިވެސް ދީނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތްވެސް ކުރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 06 at 15.02.02

މ. މަޑުއްވަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

WhatsApp Image 2026 10 05 at 19.38.22

ޅޮހީގައި ފެނަކައިން ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

Qw

ފެނަކައިން ދޭ ހުރިހާ ކަރަންޓްގެ ޚިދުމަތްތަކެއް ރޯދައިގެކުރިން ސްޓެލްކޯއަށް ބަދަލުކުރެވޭނެ: އަފީފް

72999222536383

ވަކީލަކު ހަމަޖައްސަން ތިނަދޫ މޭޔަރު ސައުދަށް 10 ދުވަސް ކޯޓުން ދީފި