ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާމަ ދަރިފުޅު މަރާލި މައްސަލައިގައި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Io
STO_Ads
TTH_Ads
Advertisement

2019 ވަނަ އަހަރު ތުއްތު ކުއްޖަކު މަރާލިކަން ސާބިތުވެ، އެ ކުއްޖާގެ މާމައާއި އޭނާގެ ލޯބިވެރިޔާ އަދި އިތުރު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވައިފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުން ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ވަނީ ޖަލު ހުކުމް އިއްވާފައެވެ. މި ތިން މީހުންވެސް ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، ކުށަށް އެއްބަސްވެފައެވެ. އެހެންކަމުން މައްސަލައިގެ ހުކުމް އިއްވާފައިވަނީ މި އެއްބަސްވުމުގެ މައްޗަށް ބިނާކޮށެވެ.

މިއީ މެދުރާއްޖެތެރޭގެ ރަށެއްގައި 2019 ވަނަ އަހަރު ހިނގާފައިވާ ހިތާމަވެރި ހާދިސާއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރާލާފައިވަނީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ކައިވެނީގެ ބޭރުން ލިބިފައިވާ ތުއްތު ކުއްޖެކެވެ. މި އަމަލު ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ މަރާލެވުނު ކުއްޖާގެ މާމައެވެ.

HajjCop_ads
Advertisement

މި އަމަލު ހިންގުމުގައި މާމަގެ އިތުރުން ދެން ބައިވެރިވެފައިވަނީ މާމަގެ ލޯބިވެރިޔާއާއި، ވިހޭ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ. ތުހުމަތު ކުރެވޭ ގޮތުގައި ވިހޭ ކުއްޖާގެ ބައްޕައަކީވެސް މި ހާދިސާގައި ހިމެނޭ ތިންވަނަ މީހާއެވެ. ކޯޓުގެ ހުކުމާއެކު މިހާރު މި ތިން މީހުންވެސް ވަނީ ޖަލަށް ލެވިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Ew

ނަލަހިޔާ ރެޒިޑެންސްއިން 3.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި

criminal court

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލައިފި

criminal court

ޕެޑެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލަ: ޓިކެޓް ގަތީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ކަމަށް ބުނެފި