ތިން އަހަރުގެ ކުޑަކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، ޒުވާނަކު 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ޙުކުމް އިއްވާފައިވަނީ ހއ. ހޯރަފުށި، ހުދުމާގެ، މުޙައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.
އަނިޔާ ލިބުނު ކުޑަކުއްޖާގެ ކަރާމާތާއި ރައްކާތެރިކަމަށްޓަކައި މި މައްސަލައިގެ ތަފްޞީލުތައް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ދަޢުލަތުން އޭނާގެ މައްޗަށް ދަޢުވާ އުފުލީ 2025 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައެވެ.
ނާއިޝްގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް ކޯޓުން ކަނޑައެޅި ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު އެ ޙުކުމުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި، ހަތް މަހާއި 28 ދުވަހުގެ ޖަލު ބަންދެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.