މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ފުލުހުން ހައްޔަރުކުރުމަށްފަހު ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރި އަހުމަދު ފައިރިޝް އެ ތަނުން ފިލައިފިއެވެ.
ފުލުހުން ބުނީ ފައިރިޝް ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާއަށް ހިންމަފުށީގައި ހުންނަ އެންޑީއޭ މަރުކަޒަށް ބަދަލުކޮށްފައި ވަނިކޮށް، އެ ތަނުގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މިހާތަނަށް އޭނާ ފެނިފައެއް ނުވެއެވެ.
ފައިރިޝް އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އޮކްޓޯބަރު 17، ގައެވެ. އޭނާ ހައްޔަރުކުރީ އޭނާގެ އުނދަގުލުން ސަލާމަތްކޮށްދިނުމަށް އެދި އާންމު ފަރާތަކުން ފުލުސް އޮފީސް ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށެވެ.
އޭނާއަކީ މި އަހަރުގެ ކުރީކޮޅު މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައިވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ހޭދަކޮށްފައިވާ މީހެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.