ތިނަދޫ ސިޓީގައި މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިން ހިންގާ އޮޕަރޭޝަނެއް ކަމަށާއި އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މި މަހު މާލޭގައިވެސް މިފަދަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އެ އޮޕަރޭޝަނުގައި މާލޭގައި ގިނަ އަދަދަކަށް ބަނގުރާ ދައުރު ކުރާ ނެޓްވޯކެއް ވަނީ އަތުލައިގެންފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ޤާނޫނަށްވެސް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު ވަނީ އިސްލާހުކޮށްފައެވެ.