ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

72999222536383
ތިނަދޫގެ މޭޔަރު ސައުދު އަލީ
STO_Ads
TTH_Ads

ގދ. ތިނަދުއަށް ގާނޫނާ ޚިލާފަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް މިހާރު އަންނަނީ ތިނަދޫގައި ހަރަކާތްތެރިވަމުންނެވެ.

އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އަށެވެ. އެ މައްސަލައާ ގުޅިގެން ތިނަދޫގެ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންނާ ސުވާލުކޮށް ތަހުގީގު ޓީމުން އަންނަނީ ބަޔާންތައް ނަގަމުންނެވެ.

Maldivian_Ads

ތިނަދުއަށް ސިޓީއެއްގެ ދަރަޖަދިނުމަށް އެ ރަށު ކައުންސިލުން ހުށަހެޅީ އެ ރަށު ރަށްވެހީންގެ ދަފްތަރުގައި މަރުވެފައި ތިބި މީހުންނާއި އެ އަތޮޅުގެ އެކި ރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުން ގަވާއިދާ ޚިލާފަށް ޖައްސައިގެންނެވެ.

ތިނަދޫގެ އާބާދީއަކީ ގާތްގަނޑަކަށް 7000 މީހުންނެވެ. އެކަމަކު ތިނަދޫ ކައުންސިލުން ހުށަހެޅި ލިސްޓްގައި 10000 މީހުން ތިއްބެވެ.

ތިނަދުއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާތިލްކުރަން ކޯޓަށް ވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.

MWSC_Ads
MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Rasgetheemu

ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓް ކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ

988

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު، ގދ. ވާދޫއިން 2 މީހަކު ހައްޔަރުކޮށްފި