ހުޅުމާލޭގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.
އެ ފޮޓޯގައި ލިޔެފައިވާ ގޮތުން އެކަން ކުރީ ސިސްޓަމް ހެކް ކޮށްގެންނެވެ.
ފުލުހުން ބުނީ މި މައްސަލަ ރޭ ދަންވަރު 03:23 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
”މިފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ފުލުހުން ގެންދަނީ އިތުރަށް ބަލަމުންނެވެ.“ ފުލުހުން ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.