މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
އެ އަޑުއެހުން އޮންނާނީ މާދަމާ 15:30 ގަ އެވެ.
ޖުމައްޔިލްގެ ދެބެންގެ ދެދަރި އަންހެނަކު ވަނީ އޭނާއަށް 18 އަހަރު ނުފުރެނީސް ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބުނެ މީޑިއާއަކަށް އިންޓަވިއުދީފައެވެ. އެއާއެކު އެ މައްސަލަ ތަހުގީގުކޮށް އޭނާއަށް ދައުވާކުރިއެވެ.
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިންސީ އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް ޖުމައްޔިލަށް އަންނާނެއެވެ.
މި މައްސަލައަކީ 2021 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުގައި ނުނިމި އޮތް މައްސަލައެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.