ސްރާއީލުގެ ބާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކަށް އިސްރާއީލީ ސިފައިން ކުއްލިއަކަށް އަރައިގަނެ، ފަލަސްޠީނުގެ 9 ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިންގި މި ހަރަކާތްތަކާއި ދިން ޙަމަލާތައް ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ ހުޅަނގު އައްސޭރީގެ އުތުރު ސަރަޙައްދުތަކަށެވެ.

ޚަބަރުތައް ބަޔާންކުރާ ގޮތުގައި، މި އޮޕަރޭޝަންތައް މައިގަނޑު ގޮތެއްގައި ކުރިއަށްގެންގޮސްފައިވަނީ ނާބްލުސް، ޖެނީން، ޠޫބާސް އަދި ޤަލްޤީލިޔާގެ އަވަށްތަކުގައެވެ. މިގޮތުން ޖެނީން ގަވަރުނަރޭޓުގައި ހިމެނޭ ސަނޫރާއި ޒަބާބްދާގެ އިތުރުން އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެގެންފައިވާއިރު، ނާބްލުސްގެ އިރުމަތީ ސަރަޙައްދުތަކަށާއި ދެކުނުގެ އެކި އަވަށްތަކަށްވެސް ވަނީ ވަދެގެންފައެވެ.

އިޝްތިހާރު އިޝްތިހާރު

ހުޅަނގު އައްސޭރީގައި ޤާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކަށާއި ރަށްތަކަށް، ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް އިސްރާއީލުން މިފަދަ ކުއްލި ރެއިޑްތައް ޖަހަމުންދެއެވެ.

އިސްރާއީލުން ދަޢުވާކުރާ ގޮތުގައި މި ފިޔަވަޅުތަކަކީ އެ ސަރަޙައްދުގައި ހަމަނުޖެހުން އުފެދުން ހުއްޓުވުމުގެ މަޤްޞަދުގައި އަޅާ ފިޔަވަޅުތަކެކެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ޙާލަތްތަކުގައިވެސް މިފަދަ ކަންކަން ހިންގަމުންދާތީ، އާންމު ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ދަނީ އިންތިހާއަށް ދަތިތަކާއި ހުރަސްތައް ކުރިމަތިވަމުންނެވެ.