ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްފަންނު މޫދުގެ ފެންވަރު ދަށްވަނީ އޮއި ދައުރުވުން ކުޑަވުމާއި ނަޖިސް ހޮޅިތަކުގެ ސަބަބުން: ދިރާސާ

H6txovzbmjojwefnjhdb
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، މާލޭގެ ރަސްފަންނު ބީޗުގެ ފެންވަރު ތަކުރާރުކޮށް ދަށްވަނީ އެ ސަރަހައްދުގެ ފެން ދައުރުވުން ކުޑަވުމާއި ކައިރީގައިވާ ނަރުދަމާ ނިޒާމުގެ ހޮޅިތަކުން ބޭރުވާ ނަޖިހުގެ ސަބަބުންނެވެ.

“މޯލްޑިވްސް ޖާނަލް އޮފް އެންޖިނިއަރިން އެންޑް ޓެކްނޮލޮޖީ” ގައި ޝާއިއުކޮށްފައިވާ މެރިން ބަޔޮލޮޖީ ދާއިރާގެ މި ދިރާސާއިން، ރަސްފަންނު ސަރަހައްދުގެ ފެނުގެ ރައްކާތެރިކަމާމެދު އޮތް ކަންބޮޑުވުންތަކަށް ވަނީ ސައިންޓިފިކް ހެކިތަކެއް ހުށަހަޅައިދީފައެވެ. ދިރާސާއިން ފާހަގަކުރާ ގޮތުގައި، ގުދުރަތީ ގޮތުން އޮއި ދައުރުވެ ފެން ބަދަލުވުމަށް އެ ސަރަހައްދު ހަދާފައިވާ ގޮތުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ފެން އެއްތަނެއްގައި ބެދިފައި އޮތުމަކީ ފެންވަރު ދަށްވުމުގެ މައިގަނޑު ސަބަބެކެވެ. މީގެ އިތުރުން، މާލޭގެ ނަރުދަމާ ނިޒާމުން ކަނޑަށް ނަޖިސް ބޭރުކުރާ މައި ހޮޅިތައް އެ ސަރަހައްދާ ކައިރީގައި ހުރުމުން، މޫސުމީ ބަދަލުތަކާއި އޮއިވަރު ހުންނަ ގޮތުން ނަޖިހުގެ އަސަރު ރަސްފަންނަށް ފޯރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ފެން ދައުރުވުން ކުޑަވެ، ނަޖިހުގެ އަސަރު ފޯރުމުގެ ސަބަބުން އެ ސަރަހައްދުގެ ފެނުގައި ގެއްލުންދެނިވި ބެކްޓީރިއާ އުފެދުމުގެ ނުރައްކާ އޮތްކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން އެ ތަނަށް ފަތަންދާ މީހުންނަށާއި ކުޑަކުދިންނަށް ހަމުގެ ބަލިތަކާއި، ބޮލުގައި ރިއްސުމާއި، ބޭރަށްހިންގުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ފެން ދައުރުވާ މިންވަރު އިތުރުކުރުމަށް ފަރުމާއަށް ބަދަލުތަކެއް ގެނައުމާއި، ނަރުދަމާ ހޮޅިތަކުން ބޭރުކުރާ ތަކެތި މޫދަށް ދޫކުރުމުގެ ކުރިން ފަރުވާދޭ ނިޒާމެއް ގާއިމުކުރުމަށް ދިރާސާގައި ލަފާދީފައިވެއެވެ. އަދި ކަމާބެހޭ އިދާރާތަކުން ގަވާއިދުން ފެންވަރު ޓެސްޓުކޮށް، އާންމުންނަށް މައުލޫމާތު ހާމަކުރުމުގެ މުހިންމުކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

HajjCop_ads
Advertisement

ރަސްފަންނަކީ އާންމުންގެ ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށް ވީނަމަވެސް، ފެނުގެ ކޮލިޓީ ދަށްވެގެން އެކި ފަހަރު މަތިން އެ ތަން ބަންދުކުރަން ޖެހިފައިވެއެވެ. ދާދި ފަހުން ވެސް މަރާމާތަށް ބަންދުކުރުމަށްފަހު ހުޅުވިތަނާ، ކަނޑުން ފަޅުތެރެއަށް ކަޅުތެޔޮ ވަދެ މޫދު ތަޣައްޔަރުވުމުގެ ސަބަބުން އަނެއްކާވެސް ބަންދުކުރަން ޖެހުނެވެ. މިހާރު އަލުން ހުޅުވާފައިވީ ނަމަވެސް، ދިރާސާއިން ހާމަވި ސިއްހީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

G Gulhi
EMME RAGHALU GOTHAKEE FENGADU HIKKAALAA LONUZIYARAIY PARK KAHALA.PARK EH HEDHUN HINGAA MEEHUNNAH TRACK EH HIMENEY GOTHAH

ގުޅުންހުރި

WhatsApp Image 2026 09 17 at 14.25.48

ފައިނު ޕޮލިސް ޕޯސްޓުގެ ފުރާޅުގެ މަސައްކަތްތައް ކުރިއަށް

Muiz

2028ގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ދޭން ފާސްކޮށްފި

471601 6fc0382f 2

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރު ދައްކައި ޚަލާސްކޮށްފި

Fuvahulah atoll maldives banner

ފުވައްމުލަކު ބޭރަށް ޑައިވިންއަށް ފޭބި ބޭރުގެ ފަތުރުވެރިއަކު މަރުވެއްޖެ