ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މިރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ މާލޭގެ ހ. ރަބީޢީމަންޒިލުން ކަމަށެވެ. މިއީ ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކުރެވުނު ހައްޔަރެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައިގައި ހައްޔަރުކުރެވުނު 64 އަހަރުގެ ޢަބްދުﷲ ޝާހިދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.