އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދު 1.8 މިލިއަނަށް އަރާފައިވާކަން ރަސްމީ ހިސާބުތަކުން ހާމަވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 1,803,749 ޓޫރިސްޓުންނެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ %3 ގެ ދަށްވުމެކެވެ؛ އެ އަހަރުގެ އެ މުއްދަތުގައި 1,858,995 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމުގެ ސަބަބުން ފަތުރުވެރިން އައި އަދަދު ދަށްވުމަށްފަހު، ވޭތުވެދިޔަ މަހު ވަނީ އަދަދުތައް އަލުން ރަނގަޅުވާން ފަށާފައެވެ. އެގޮތުން ހުސްވި އޮކްޓޫބަރު މަހު 194,039 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ޒިޔާރަތްކުރި 192,398 މީހުންނާ އަޅާބަލާއިރު %0.9 ގެ ކުރިއެރުމެކެވެ.

އިޝްތިހާރު އިޝްތިހާރު

މި އަހަރުގެ މަސްތަކުގައި ފަތުރުވެރިން އައިސްފައިވާ އަދަދުތައް:

ޖަނަވަރީ: 227,403 ފަތުރުވެރިން

ފެބުރުވަރީ: 254,556 ފަތުރުވެރިން

މާރިޗު: 161,259 ފަތުރުވެރިން

އެޕްރީލް: 152,861 ފަތުރުވެރިން

މޭ: 142,555 ފަތުރުވެރިން

ޖޫން: 123,552 ފަތުރުވެރިން

ޖުލައި: 184,735 ފަތުރުވެރިން

އޮގަސްޓު: 197,640 ފަތުރުވެރިން

ސެޕްޓެންބަރު: 197,640 ފަތުރުވެރިން

އޮކްޓޫބަރު: 194,039 ފަތުރުވެރިން

މާކެޓުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ؛ އެ ޤައުމުން 332,186 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ދެވަނައިގައި އޮތް ރަޝިއާއިން ރާއްޖެއަށް 258,120 ފަތުރުވެރިން ވަނީ އައިސްފައެވެ.