ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓޫރިޒަމް ޓްރަސްޓް ފަންޑަށް 4 މަސްތެރޭ 149 މިލިޔަނަށްވުރެ ގިނަ ރުފިޔާ

resorts
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޓޫރިޒަމް ޓްރަސްޓް ފަންޑުގައި ހަތަރުމަހުން 149 މިލިޔަނަށްވުރެ ގިނަ ރުފިޔާ ރައްކާކުރެވިފައިވާކަމަށް، 30 ސެޕްޓެމްބަރ 2025 އިން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ މޯލްޑިވްސް ޓުއަރިޒަމް ޓްރަސްޓް ފަންޑުގެ އަހަރީ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މާލީ ބަޔާނުން ދައްކާގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 އިން ޑިސެމްބަރު މަހުގެ ނިޔަލަށް މި ފަންޑަށް ލިބުނު ފައިސާގެ ޖުމްލަ އަދަދަކީ 157،827،372 (ސަތޭކަ ފަންސާސް ހަތް މިލިއަން އަށް ލައްކަ ހަތާވީސް ހާސް ތިން ސަތޭކަ ހަތްދިހަ ދެ) ރުފިޔާއެވެ. އަދި މި ފަންޑުން 8،571،150 (އަށް މިލިއަން ފަސް ލައްކަ ހަތްދިހަ އެއްހާސް ސަތޭކަ ފަންސާސް) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެހެންކަމުން 2025ވަނަ އަހަރު ނިމުނުއިރު މި ފަންޑުގައި މުޅި ޖުމްލަ 149،256،222 (ސަތޭކަ ސާޅީސް ނުވަ މިލިއަން ދެ ލައްކަ ފަންސާސް ހަ ހާސް ދުއި ސައްތަ ބާވީސް) ރުފިޔާ ހުރިކަމަށް މި ރިޕޯޓުން ދައްކައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފައްދައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މައިގަނޑު މަގުސަދަކީ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދީ، ރައްޔިތުންނަށް ދެމެހެއްޓެނިވި މަންފާ ހޯދައިދިނުމެވެ. އެގޮތުން ފަންޑު ގާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތް މަގުފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ގާނޫނީ ހުރަހެއް ނެތް: އެމްއެމްއޭ

ޓީޓީ ވެރިފިކޭޝަން އެމްއޯޔޫއެއްގައި ކަސްޓަމްސްއާއި ބޭންކުތަކުން ސޮއިކޮށްފި

WhatsApp Image 2026 08 27 at 16.40.49 (1)

ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސް އިން ސޮއިކޮށްފި

finance ministry

ދަރަނި އަދާކުރުމުގެ ހަރަދު ނުލައި 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް