ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން

tourists
Maldivian_Ads
STO_Ads
TTH_Ads
Advertisement

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން އައިސްފައި ވާއިރު މިމަހު މިހާތަނަށް އެކަނިވެސް ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.7 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %3.4 ދަށް އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ ފުރަތަމަ 10 ދުވަސްތެރޭ ރާއްޖެއަށްވަނީ 56,872 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 58,989 ފަތުރުވެރިންނާ އަޅާ ބަލާއިރު %3.6 ދަށް އަދަދެކެވެ.

ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ވަނީ 7241 ފަތުރުވެރިން ޒިޔާތްކޮށްފައެވެ. މިއީ މި މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

HajjCop_ads
Advertisement

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:
* ޗައިނާ: 314,519 ފަތުރުވެރިން
* ރަޝިއާ: 237,203 ފަތުރުވެރިން
* އިނގިރޭސިވިލާތް: 123,336 ފަތުރުވެރިން
* އިޓަލީވިލާތް: 105,024 ފަތުރުވެރިން
* ޖަރުމަނުވިލާތް: 100,186 ފަތުރުވެރިން

މިމަހުގެ މިހާތަނަށް ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުން އަރައިގަތުމުގައި މިހާތަނަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށާއި އަހަރުގެ ފަހު ކުއާޓަރުގައި ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒަކީ، 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ނަމަވެސް ކުރިމަތިވި ޙާލަތަކީ ދުނިޔޭގެ ސިނާއަތްތަކަށް އައި ބަދަލަކަށްވުމާއެކު، ވަރަށް ގިނަ ކަންތައްތަކަކީ އަމިއްލަ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތައް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއިން އިންޑަސްޓްރިއާއެކު ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އެގޭ ކާމިޔާބީ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުތަނުން ރަނގަޅުވާނެކަމަށް ޤަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. މިހާރުވެސް މި ސީޒަންގައި އިތުރު 7 އެއަރލައިނެއްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިލާ ކޮރަލް އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވައިފި

tourists

ފަތުރުވެރިކަމުގެ އެއްވަނަ މާކެޓުގެ ގޮތުގައި އަދިވެސް އޮތީ ޗައިނާ!

finance ministry

ވީކްލީ ފިސްކަލް ރިޕޯޓް: ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް

ފަތުރުވެރިކަމުގެ މަޝްރޫއުތަށް ހިންގުމަށް ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ދެނީ