ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކަށް ޑޮލަރު މާރުނުކުރަނީ ރަހާ ރިސޯޓާއި، ސައުތު ޕާމް ރިސޯޓު!

478614103
ލ. އަތޮޅުގައި ހިންގަމުން އަންނަ ރަހާ ރިސޯޓު–
Maldivian_Ads
STO_Ads
TTH_Ads
Advertisement

ބޭރު ފައިާގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާގޮތަށް އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް މަރުކަޒީ ބޭންކުން އާންމުކޮށްފިއެވެ.

އެމްއެމްއޭއިން ފުރަތަމަ ފަހަރަށް މިވަނީ ބޭރު ފައިސާ މާރުކުރުން ލާޒިމް ތަންތަނުގެތެރެއިން އެކަން ނުކުރާ ފަރާތަތްތަކުގެ ނަންތައް އާންމުކުރަން ފަށާފައެވެ. އެގޮތުން އެމްއެމްއޭއިން އާންމުކުރި ލިސްޓުގައި ރު ފައިސާ ގާނޫނާ އެއްގޮތަށް ޑޮލަރު މާރުނުކުރަނީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސްއިންނެވެ.

މިގޮތުން ލ. އަތޮޅުގައި 2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ރަހާ ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑް މޯލްޑިވްސްއިން ހިންގާ ރިސޯޓެކެވެ. މީގެ އިތުރުން އައްޑޫ ސިޓީ މީދޫ ކައިރީގައި އޮންނަ ސައުތު ޕާމްގެ ހިއްސާދާރުންނަކީ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު މޫސާ ދީދީއެވެ.

HajjCop_ads
Advertisement

މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނީ، ގިނަ ރިސޯޓުތަކުން ގާނޫނާ އެއްގޮތަށް ބޭރުފައިސާ މާރުކުރަމުންދާ ކަމަށެވެ. އެގޮތުން، އެމްއެމްއޭއިން އާއްމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުގައި %78 ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް %20 ރިސޯޓުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި %20 ތެރެއިން ގިނަ ރިސޯޓްތަކުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް އެ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

މަރުކަޒީ ބޭންކުން އާންމުކުރި ރިޕޯޓުގެ ކެޓަގަރީ ބީ އަށް ބަލާއިރު އެ ކެޓަގަރީގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް އެސްޓެބްލިޝްމަންޓުގެ ތެރެއިން %48 ތަންތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ %15 ފަރާތްތަކެވެ. އަދި %37 ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވާކަންވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކާއި ހޯމްސްޓޭ ފަދަ ތަންތަނެވެ. މި ތަންތަނަކީ ޖުމްލަގޮތެއްގައި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު، މި ފަރާތްތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ކެޓަގަރީ ސީގައި ހިމެނެނީ އަހަރެއްގެ މައްޗަށް 15 މިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކެވެ. މި ކެޓަގަރީގައި ހިމެނޭ ތަންތަނުގެ ތެރެއިން %38 ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުން ކުރިއަށް ނުގެންދަނީ %33 ވިޔަފާރިން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައި މި ކެޓަގަރީގައި ހިމެނޭ %29 ތަންތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މި ވިޔަފާރިތަކުންވެސް ވަނީ ކޮންސެޝަން ހޯދުމަށް އެދިފައިވާއިރު، މި ވިޔަފާރިތަކާމެދު ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ %90 ނަގަނީ އެމްއެމްއޭ އަށެވެ. މީގެ ތެރެއިން %30 އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރެއެވެ. އަދި މިގޮތަށް ދޫކުރުމުގައި އިސްކަންދެނީ ދިވެހި ބޭންކްތަކަށެވެ. ބޭންކުތަކަށް އަނބުރާ ދެވޭ މި %30 ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއްވެސް ހުރެއެވެ. އޭގެތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big vAxBV8h38BvruCtKXKG4gC111

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ހުރި ފުރުޞަތުތަކާގުޅޭ ޚާއްޞަ އޯޕަން ޑޭއެއް ބާއްވައިފި

އެމްއެމްއޭ

ބޭރުފައިސާގެ ގާނޫނުގެ ދަށުން ޑޮލަރު މާރުނުކުރާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

finance

ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ހިލޭ އެހީ ލިބިއްޖެ