ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މި މަހު ފަށަނީ

Screenshot
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޖަލުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި އުތުރު ތިލަފަޅުގައި ބިނާކުރާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މި ހިނގާ ޖޫން މަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ހާމަކުރެއްވި ގޮތުގައި، މި ބޮޑު މަޝްރޫޢަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާކޮށް، އެ މުއައްސަސާއަކީ ނަމޫނާ ތަނަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިހާރު ހުރި ޖަލުތަކަކީ ކުށްވެރިން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެންމެ އެދެވޭ ގޮތެއްގައި ހިންގޭނެ ފަދަ ނިޒާމަކަށް ފަރުމާކޮށްފައިވާ ތަންތަނެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އައު ކޮމްޕްލެކްސްއާއެކު މި ފަރުމާ ބަދަލުވެ، އިޞްލާޙީ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނެކަމަށް ސަރުކާރުން ދެކެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރު ތިލަފަޅުގައި 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް އަޅާނީ މުހިންމު ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށެވެ. މީގެ ތެރޭގައި ރެޒިޑެންޝަން ޔުނިޓްތަކާއި، މެޑިކަލް ފެސިލިޓީއަކާއި، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއެއްގެ އިތުރުން ހާފްވޭ ހައުސްއެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެޑިއުކޭޝަން އެންޑް ޓްރެއިނިން ފެސިލިޓީއަކާއި، ހާހެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްވެސް ވަނީ ނިންމާފައެވެ. ހަމައެއާއެކު، ކުށްކުރާ ކުޑަކުދިންނަށް ޚާއްޞަ މަރުކަޒެއްވެސް އެތަނުގައި ގާއިމުކުރުމަށްވަނީ ރޭވިފައެވެ.

HajjCop_ads
Advertisement

ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން މި މަޝްރޫޢު ފެށުން ތަންކޮޅެއް ލަސްވިނަމަވެސް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކުރެވޭނެކަމަށް ވަޒީރު މަޢުލޫމާތުދެއްވިއެވެ. މިއީ ކަރެކްޝަންސްގެ މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަމުގައި ދާޚިލީ ވުޒާރާއިން ފާހަގަކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރު އިޙްސާން އަދި ސީޕީ ބައްދަލުކުރައްވައިފި

90

ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މާފުޅާވެއްޖެ: ވަޒީރު އިޙްސާން

Ihsaan

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދޭ ‘މައި ކެރިއަރ ޕޯޓަލް’ އިފްތިތާޙުކޮށްފި

445gf

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން