ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކަސްޓަމްސްއިން އަތުލައިގަނެފި

Igmh
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާލޭ ކޮމާޝަލް ހާބަރުގައި މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކާބޯތަކެތީގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ޑިވައިސްތައް އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރެއިން ވަނީ ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ފެނިފައެވެ. މި ތަކެތި ހުރީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައެވެ. އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 1108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ހިމެނޭކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއްވައެވެ.

ޤާނޫނާއި ގަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ކާބޯތަކެތީގެ ތެރޭގައި ފޮރުވައިގެން މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ މިފަދަ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރޭގައި ފޮރުވައިގެން މަނާ ތަކެއްޗާއި ގަވާއިދާ ޚިލާފު ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް މެދުކެނޑުމެއްނެތި ހިންގަމުންނެވެ.

HajjCop_ads
Advertisement

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 27 at 16.40.49 (1)

ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސް އިން ސޮއިކޮށްފި

Shujaau

އަމިއްލަ ބޭނުމަށް ދުންފަތް އެތެރެކުރުމުގައި ފަތުރުވެރިންނަށް ދީފައިވާ ލުއިތައް ދިވެހިންނަށް ވެސް ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

Geealaa

މުދާ އައުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމަށް ރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމަކުން އެމްއޯއައިއެއްގައި ސޮއިކޮށްފި

customs

ކަސްޓަމްސްގެ އޮފިސަރުގެ ވަޒީފާއަށް 26 މީހުން ހޯދަން އިއުލާނުކޮށްފި