ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ-އީރާނާ އެއްބަސްވުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި

Foreign ministry
TTH_Ads
STO_Ads
Advertisement

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މަގުފަހިވާ ގޮތަށް އެކުލަވާލި “މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން” އަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅޭ ފިޔަވަޅުތަކާއެކު، ދެ ގައުމުގެ ދެމެދުގައި ހުރި މުހިންމު މައްސަލަތަކަށް ހައްލެއް ހޯދުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވުމަކަށް އައުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި އެއްބަސްވުމަކީ މެދުއިރުމައްޗާއި މުޅި ދުނިޔޭގެ މަސްލަހަތާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކުރެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ނައްތާލުމަށްޓަކައި ވާހަކަދެއްކުމާއި ސުލްހަވެރި ޑިޕްލޮމެޓިކް އުސޫލުތައް އިސްކޮށް، ދެ ފަރާތުން ދެއްކެވި ހިތްވަރާއި ކެތްތެރިކަމަށް ރާއްޖެއިން ވަނީ ތައުރީފުކޮށްފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އާއި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޕާކިސްތާނާއި، ގަތަރާއި، ގަލްފުގެ އެހެނިހެން ގައުމުތަކުގެ އިތުރުން، ބައިނަލްއަގުވާމީ ބައިވެރިން މިކަމުގައި ވި އެހީތެރިކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ އަބަދުވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމަށް ތާއީދުކުރާ ގައުމެއްކަން ރާއްޖެއިން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ އިގްތިސާދީ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ސުލްހައަށް އިތުރު މަގުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަން ޕާކިސްތާނުން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ޕާކިސްތާނުން ރަސްމީކޮށް އިއުލާނު ކުރި ނަމަވެސް މި ދެ ގައުމުން ވެސް ހަނގުރާމަ ހުއްޓާލަން އަދި އެއްބަސްވެފައި ވަނީ އަނގަ ބަހުންނެވެ. ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ސުވިޒަލޭންޑުގައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

USA v Belgium: Round of 16 FIFA World Cup

އެމެރިކާ ކަޓުވާލުމަށްފަހު ބެލްޖިއަމް ކުއަރޓާއަށް

Asset 031b1e83 536d 5002 bc87 4c695c443faa

އެމެރިކާވެސް ގަދަ 16އަށް، ދެން ވާދަކުރާނީ ބެލްޖިއަމާ ދެކޮޅަށް

Io

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއިން މަޝްވަރާކޮށްފި

43

ރާއްޖެއާއި އެމެރިކާއާ ދެމެދު ދިފާޢީ އަދި ސަލާމަތީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި