ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިސްރުން މިރޭ ބެލްޖިއަމާ ދެކޮޅަށް ނިކުންނަނީ ތާރީޚީ ފުރަތަމަ މޮޅު ހޯދުމަށް!

Kevin De Bruyne Belgium vs Mohammad Salah Egypt 1280x805.jpg
Maldivian_Ads
TTH_Ads
STO_Ads
Advertisement

2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ތިންވަނަ ހޯދާފައިވާ ބެލްޖިއަމް އިން މި ފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލަނީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާތީ އެ ހަނދާންތައް ފޮހެލުމުގެ އަޒުމުގައެވެ.

ވޯލްޑްކަޕްގެ ޖާގައެއް ބެލްޖިއަމް އިން ހޯދާފައިވަނީ ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖޭ ގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެއްވެސް މެޗަކުން ބަލިނުވެ މި އަށް މެޗުގައި ޖުމްލަ 29 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ހަތް ލަނޑެވެ. މި އަހަރުގެ ތެރޭގައި ބެލްޖިއަމް ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގެ ތެރެއިން މެކްސިކޯ އާއި އެއްވަރުވެފައިވާއިރު އެމެރިކާ އާއި ކްރޮއޭޝިޔާގެ އިތުރުން ޓިއުނީޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ މޮޅުވެފަ އެވެ.

މި ފަހަރުގެ ވޯލްޑްކަޕާއި ބެލްޖިއަމް ކުރިމަތިލާއިރު އެ ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ ތެރޭގައި ގޯލުކީޕަރ ތިބޮއު ކޯޓުއާ, ނަޕޮލީގެ ކެވިން ޑި ބްރޭނާ, ޔޫރީ ޓިއެލެމަންސް, ރޮމެލޫ ލުކާކޫ, މެންޗެސްޓަރ ސިޓީގެ ޖެރެމީ ޑޯކޫ އަދި އާސެނަލްގެ ލިއާންދްރޯ ޓްރޮސާޑްފަދަ ކުޅުންތެރިން ހިމެނެއެވެ.

HajjCop_ads
Advertisement

އެއާ ޚިލާފަށް މިސްރު މިރޭގެ މެޗަށް ބެލްޖިއަމާ ދެކޮޅަށް ނިކުން މިސްރުން އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅުނު ހަތް މެޗުންވެސް މޮޅެއް ހޯދިފައި ނުވާތީ އެކަން ބަދަލުކުރުމަށެވެ.

މިސްރުން ވޯލްޑްކަޕްގައި ފުރަތަމަ ކުޅެފައިވަނީ 1934 ވަނަ އަހަރު އެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް މިސްރު ވަނީ ކޮލިފައިވެފައެވެ.

މިފަހަރުގެ މުބާރާތަށް މިސްރުން ފުރުސަތު ހޯދާފައިވަނީ އެފްރިކާގެ ކޮލިފައިންގެ ގްރުޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ބްރުކިނަފާސޯ އާއި ސިއެރަ ލިއޯން, ގިނީ ބިސާއޫ އަދި އިތިއޯޕިއާގެ އިތުރުން ޖިބޫޓީ އާއި އެއް ގްރޫޕެއްގައި ހިމެނި މިސްރު ވަނީ ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށްފައެވެ.

މިސްރުގެ  ޓީމުގެ ހުރިހާ ކާމިޔާބީއެއް ބިނާވެފައިވަނީ މުހައްމަދު ސަލާޙްއާއި މެންޗެސްޓަރ ސިޓީގެ އުމަރު މަރްމޫޝް ދައްކާ ކުޅުމަކަށެވެ. މުހައްމަދު ސަލާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 116 މެޗުގައި ވަނީ ޖުމްލަ 67 ލަނޑު ޖަހާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!