ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ ކަޓުވާލުމަށްފަހު ބެލްޖިއަމް ކުއަރޓާއަށް

USA v Belgium: Round of 16 FIFA World Cup
STO_Ads
TTH_Ads
Maldivian_Ads
Advertisement

މިހާރު ކުރިއަށްދާ ވޯލްޑު ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގައި އެމެރިކާ ކަޓުވާލުމަށްފަހު ބެލްޖިއަމް ގަދަ 8 ކަށަވަރުކޮށްފިއެވެ.

އެމެރިކާގައި ކުޅެ، ބެލްޖިއަމުން އެމެރިކާގެ މައްޗަށް ކުރި ހޯދީ 1-4އިންނެވެ. މެޗުގެ ކޮންމެ ހާފެއްގައި ބެލްޖިއަމްއިން ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ދެ ލަނޑު ޖެހީ ޑި ކަޓަލާރޭ އެވެ. ފުރަތަމަ ލަނޑު ނުވަވަނަ މިނިޓްގައި ރަސްކިން އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ އެއް ޓަޗުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކޮށް ނަގައިދިން ލީޑް، އެމެރިކާއިން ގެއްލުވާލިއެވެ. އެއީ 31 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުން ޓިލަމަން ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. ބޯޅަ ގޯލަށް ވަންއިރު ކީޕަރު ކޯޓުއާ ހުރީ ހުއްޓުން އަރާފައެވެ.

އެކަމަކު އެހިތްހަމަ ޖެހުން އެމެރިކާއަށް ލިބުނީ އެންމެ ތިން މިނިޓެވެ. 33 ވަނަ މިނިޓްގައި ޑި ކަޓަލާރޭ އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. ޓްރޮސާޑް އަރިމަތިން ނަގައިދިން ހުރަސް ގޯލް އޭރިޔާ ރޮނގުމަތިން ގޯލަށް ފޮނުވާލީ ބޮލުންނެވެ.

HajjCop_ads
Advertisement

ދެވަނަ ހާފް ފަށައިގެން ބެލްޖިއަމްއިން ތިންވަނަ ލަނޑެއް ޖެހީ އެމެރިކާ ކީޕަރު މެޓް ފްރީސާ އަށް ހެދުނު ވަރަށް ބޮޑު ގޯހަކުންނެވެ. ބެލްޖިއަމްގެ ފަހަތުން ފޮނުވާލި ބޯޅައެއް ސާފްކޮށްލަން ކީޕަރު މަސައްކަތްކުރީ ޑީއޭރިޔާ ބޭރުންނެވެ. މިއާއެކު ކައިރީގައި ހުރި ޑި ކަޓަލާރޭ ބޯޅައަށް މަސައްކަތްކުރި ވަގުތު ގެއްލުނު ބޯޅަ ހުސް ގޯލަށް ފޮނުވާލީ ހަންސް ވަނަކެންއެވެ. ބެލްޖިއަމްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ލުކަކޫއެވެ. ލުކަކޫ ކުޅެން ނިކުތީ 67 ވަނަ މިނެޓުގައެވެ. މިއީ މި މުބާރާތުގައި ލުކަކޫ ޖެހި ތިންވަނަ ގޯލެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައިވެސް ގަދަ 16ގައި ބެލްޖިއަމުން ވަނީ އެމެރިކާ ބަލިކޮށްފައެވެ. އަނެއްކޮޅުން 2022 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކެޓި ބެލޖިއަމަށް މިއީ މިއަހަރުގެ ވޯލްޑުކަޕްގެ ބޮޑު ކާމިޔާބީއެކެވެ.

ކުއާރޓާ ފައިނަލްގައި ބެލޖިއަމް ވާދަކުރާނީ ސްޕެއިންއާއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއާ ބައިވެރިވާ ގައުމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!