ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ނޮކައުޓްގެ ފުރަތަމަ ބުރުގައި ފަހަތުން އަރައި ސެނެގާލް 3-2 އިން ބަލިކޮށް، ބެލްޖިއަމުން މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފިއެވެ.
ސެނަގާލް އިން ދެ ލަނޑުގެ ލީޑެއް ނގާފައިވަނިކޮށް، މެޗުގެ ފަހު ހަތަރު މިނިޓްގެ ތެރެއިން ތިން މިނިޓްގެ ތެރޭގައި ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށް، އިތުރު ވަގުތުވެސް ކުޅެން ޖެހުނު މި މެޗުގައި 85 ވަނަ މިނިޓާ ހަމައަށްވެސް ސެނަގާލް އޮތީ ދެ ލަނޑުގެ ލީޑެއްގައެވެ. އެއީ ހަބީބު ޑިއާރާ ޖެހި ލަނޑާއި، ދެވަނަ ހާފްގެ ކުރީކޮޅު އިސްމާއީލް ސާ ޖެހި ލަނޑުންނެވެ. މިއީ މުބާރާތުގައި އޭނާގެ ހަތަރު ވަނަ ގޯލެވެ. އެލީޑްގައި ސެނަގާލް އިން ގަދަ ސޯޅަ އަށް ދަތުރުކުރާނެ ކަމަށް ބެލެވިފައި ވަނިކޮށް، ތަރިން ގިނަ ބެލްޖިއަމް އިން ފުރަތަމަ ލަނޑު ޖެހީ 86 ވަނަ މިނިޓްގައެވެ. ލަނޑު ޖެހީ ތޯމަސް މެއުނިއާ ތަނަވަސްކޮށްދިން ފުރުޞަތަކުން ލުކަކޫ އެވެ. ލުކަކޫ ކުޅެން ނިކުތީ ދެވަނަ ހާފްގައި ބަދަލަކަށެވެ. އޭގެ ދެ މިނިޓް ފަހުން ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުޞަތަކުން ޓީލަމަންސް ބޮލުން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. އެނަތީޖާގައި މެޗު ނިމުމުން ނަތީޖާ ނެރުމަށް 15 މިނިޓްގެ ދެހާފް ކުޅެންވެސް ޖެހުނެވެ.
15 މިނެޓުގެ ދެވަނަ ހާފްވެސް ނިމެން ކައިރިވެ ޕެނަލްޓީ ޖަހަން ޖެހޭނެކަމަށް ބެލެވިފައިވަނިކޮށް ތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރޭގައި އޭރިޔާ ތެރެއިން ލަމިން ކަމާރާ ޓީލަމަންސް އަށް ކުރި ފައުލަކަށް ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީން ބެލްޖިއަމް ގަދަ ސޯޅަ އަށް ދަތުރުކުރިއެވެ.ނަލްޓީ ކާމިޔާބުކުރީވެސް ޓީލަމަންސްއެވެ.
ގަދަ ސޯޅަ ޓީމް ބުރުގައި ބެލްޖިއަމް ވާދަކުރަން ޖެހޭނީ އެމެރިކާއާއެވެ.












ކިޔުންތެރިންގެ ހިޔާލު