ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮލިސޭގެ ލަނޑުތަކުން ބެލްޖިއަމް އަތުން ފްރާންސް މޮޅުވެއްޖެ

GettyImages 2298293457
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކޮށް ފްރާންސް މޮޅުވެއްޖެއެވެ.

ގްރޫޕް 1 ގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވުމާއިއެކު އެ ޓީމަށްވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު 4 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފައެވެ. ބެލްޖިއަމް އަށް ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. ޕެރިހުގެ ސްޓޭޑް ޑި ފްރާންސްގައި 75 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފްރާންސްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ގޯލު ހުޅުވާލެވޭގޮތް ނުވެފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބެލްޖިއަމްއިންނެވެ. އެއީ މެޗުގެ 35 ވަނަ މިނިޓުގައި ޑޯޑީ ލޫކެބާކިއޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

HajjCop_ads
Advertisement

ދެވަނަ ހާފަށް ނިކުތްއިރު 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮތުމާއިއެކު މި ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކޯޗު ޒިނެޑިން ޒިދާންވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނިޓުގައި އޭނާވަނީ މައިކަލް އޮލިސޭ އާއި ރަޔާން ޗާކީ ކުޅެން އަރުވާފައެވެ. ފްރާންސް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ޑެސިރޭ ޑޫއޭ ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ.

މި މެޗުގައި ފްރާންސް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނި މެޗުގެ 81 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ދިން ޕާހަކުން ރަޔާން ޗާކީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ފްރާންސުން މި މެޗުގައި ޖެހި ފަހު ދެ ލަނޑަކީ މެޗުގެ 88 ވަނަ މިނިޓާއި 91 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ކާމިޔާބުކޮށްދީފައިވާ ދެ ލަނޑެވެ. މި ދެ ލަނޑާއެކު އޮލިސޭ މި އަހަރުގެ ތެރޭގައި ފްރާންސްއަށް ކުޅެދިން 16 މެޗުގައި ވަނީ ޖުމްލަ 17 ލަނޑު ޖެހުމުގައި ބައިވެރިވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

ތުރުކީ އަތުން އިޓަލީއަށް މޮޅެއް

Rijeka croatia anthony gordon of england celebrates scoring his teams third goal with

އިންގްލެންޑުން ކްރޮއޭޝިއާ 7-0 އިން ބަލިކޮށް، ތާރީޚީ މޮޅެއް

4088398b40ef32f082d101d4c37fd42f

ލަމީން ޔަމާލް، ރޮޑްރީ އަދި މެރީނޯގެ ލަނޑުތަކުން ސްޕެއިން މޮޅުވެއްޖެ

A1864ff0 bc47 11f1 a76b c53c7866f2b5

އެއްވެސް މެޗަކުން ބަލިނުވެ ސްޕެއިން 40 މެޗު ހަމަކޮށްފި