ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

Zareer
STO_Ads
TTH_Ads
Advertisement

މާލީ ވަޒީރު ޙަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޒަރީރަށް ރުހުން ހޯދުމާއި ގުޅޭގޮތުން ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ އާއި ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ޒަރީރު އަކީ މާލީ ދާއިރާ އަށް ގިަނ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.

HajjCop_ads
MMA_Ads
Advertisement

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަޤާމަށް ޒަރީރު އައްޔަން ކުރައްވާފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަމީރު މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ސިއްޙީ ހާލަތު ހުރި ގޮތުން އެފަދަ ބުރަ ޒިންމާ އެއް އަދާކުރެވެން ނެތުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462046 6ccdcaab a

އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު އައްޔަންކުރައްވައިފި

majilis

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ މި މަހު 15 ގައި

majilis

މަޖިލީހުގެ ދެވަނަ ދައުރު ފަށައި، ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލައިފި

މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ސަލީމް އިންތިހާބުކޮށްފި