ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލަރު ޒާޔާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ބުދަ ދުވަހަށް ތާވަލުކޮށްފި

Sstv FORM FOR EC
TTH_Ads
STO_Ads
Advertisement

މިދިޔަ އަހަރު ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

ކޯޓުން ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، މި މައްސަލައިގެ އަޑުއެހުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު ދިހައެއް ޖަހާއިރުއެވެ. ޒާޔާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި “ލޫޓުވައިފި” މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބު އަދާކުރުމަށް ގަސްދުގައި ހުރަސްއެޅި ކަމަށް ބުނެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މި ފަރާތްތަކަށް ދައުވާކުރަނީ މުޒާހަރާގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި ކަމަށެވެ.

މި ކަމާ ގުޅިގެން ޒާޔާ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ރައްޔިތުން އޭނާ އިންތިޚާބުކުރި ޒިންމާ އުފުލުމަށްޓަކައި ޖަލްސާއަށް ދާން އޮތް ގަޑިއަށް ކަމަށެވެ. މިއީ ހުރަސް އެޅުމެއް ނޫންތޯ ސުވާލު އުފައްދަވަމުން، ކިތަންމެ ދައުވާއެއް ކުރިޔަސް ހަދާނެ ޑީލެއް ނުވަތަ ދެއްކޭނެ ބިރެއް ނޯންނާނެ ކަމަށާއި، މި ސަރުކާރަށް ބޯގުދު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ޕީޖީ އޮފީހުން ވަނީ ޒާޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Ew

ނަލަހިޔާ ރެޒިޑެންސްއިން 3.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި

criminal court

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލައިފި

criminal court

ޕެޑެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލަ: ޓިކެޓް ގަތީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ކަމަށް ބުނެފި