ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިފާޢީ ވަޒީރު އެމްއެންޑީއެފް ސަދަން އޭރިއާގެ ގަން އެއާ ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލައްވައިފި

Sstv FORM FOR EC
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ގަން އެއަރ ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ވަޒީރު ޙަސަން ރަޝީދު ގަން އެއަރ ސްޓޭޝަނަށް ކުރެއްވި ޒިޔާރަތުގައި، އެމްއެންޑީއެފް އެއަރ ކޯރގެ ސިފައިންނާ ބައްދަލުކުރައްވައި އެ މަރުކަޒުގެ އެކިއެކި މަސައްކަތްތައް ވަނީ ގާތުން ބައްލަވާލައްވާފައެވެ. އަދި ޤައުމުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެއަރ ކޯރ އިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވައި، އެ އޮޕަރޭޝަންތައް ހިނގަމުންދާ ގޮތް ވަޒީރު ބައްލަވާލެއްވިއެވެ.

ގަން އެއަރ ސްޓޭޝަންގެ އިތުރުން، އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށްވެސް ވަޒީރު ވަނީ ޒިޔާރަތްކުރައްވާފައެވެ. މި މަރުކަޒުގައި މަސައްކަތްކުރައްވާ ސިފައިންނާ ބައްދަލުކުރައްވައި، ސަދަން އޭރިއާގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ. ހަމައެއާއެކު، ސަދަން އޭރިއާގައި ފަރިތަކުރަމުންދާ ސިފައިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

HajjCop_ads
Advertisement

ސަދަން އޭރިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެން ވަޒީރު ވަޑައިގެންނެވީ ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ ފުވައްމުލައް ޕޯސްޓަށެވެ. އެ މަރުކަޒުގައި ތިއްބަވާ ސިފައިންނާ ބައްދަލުކުރައްވައި، މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ. އަދި ފުވައްމުލަކުގައި ޤާއިމްވެތިބޭ ސިފައިންނަށް ދަތިވާ ކަންކަން އޮޅުންފިލުއްވައި، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ. ދިފާޢީ ވަޒީރު ޙަސަން ރަޝީދު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ ސިފައިންގެ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި ސިފައިންގެ ޙާލަތު ބައްލަވާލެއްވުމުގެ މަސައްކަތްތައް ދަނީ މެދުކެނޑުމެއްނެތި ކުރައްވަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މާލެ ސްކޭޓް ޕާކު ސަރަހައްދު ތޮށިގަނޑު ގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް އައިޖީއެމްއެޗަށް ގެންގޮސްފި

B 202609101032351789061555.5756

ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ