ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިފައިންގެ ޙާލަތު ރަނގަޅުކުރުމަށް ރައީސް އަންގަވާފައިވާ ކަންކަން ސަރުކާރުން ކުރިއަށް ގެންދާނެ: ޑިފެންސް މިނިސްޓަރު

460945 341bface 6
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޙާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައިވާ ކަންކަން ސަރުކާރުން ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެމްއެންޑީއެފްގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓަރ ވިދާޅުވީ، އެމްއެންޑީއެފްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ، ޤައުމާއި ރައްޔިތުން ޙިމާޔަތްކުރުމުގައި އެމްއެންޑީއެފްގެ ސިފައިން ވެފައިވާ ޤުރުބާނީއާއި ކޮށްފައިވާ ބުރަ މަސައްކަތްތައް ބަލައިގަތުންކަމަށެވެ. އެމްއެންޑީއެފްގެ ސިފައިންނަކީ ހިތްވަރުގަދަ ބައެއްކަމަށް ސިފަކުރައްވައި، އެމީހުންގެ އިޚްލާޞްތެރިކަން އަމިއްލަފުޅަށް ދެކެވަޑައިގެންފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒުއާއެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމުގައި، އެމްއެންޑީއެފްގެ ޙާލަތު ރަނގަޅުކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.

މަރުކަޒުތަކާއި އާލާތްތައް ތަރައްޤީކުރުންއޮޕަރޭޝަނަލް އާލާތްތައް ތަރައްޤީކުރުމަށާއި، އެމްއެންޑީއެފްގެ މަރުކަޒުތަކާއި ކޭމްޕުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އަދި އެމްއެންޑީއެފްގެ ޔުނީފޯމާއި ސަލާމަތީ އާލާތްތައް ފެންވަރު ރަނގަޅުކުރުމަށް ރައީސް އެދިވަޑައިގެންފައިވާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. މި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާކަމަށް ވިދާޅުވެ، ރަނގަޅުކުރަންޖެހޭ އިތުރު ދާއިރާތައް ދެނެގަތުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޓެކްނިކަލް ޓީމަކުން މިހާރު ކުރަމުންދާކަމަށްވެސް އެމަނިކުފާނު އިތުރުކުރެއްވިއެވެ.

މި މަސައްކަތްތަކަށް ސަރުކާރުގެ އެހެނިހެން ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، އެ ފަރާތްތަކުން ވެދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ. ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސް މުޢިއްޒުގެ އެންމެ އިސް ސިޔާސަތުކަމުގައި ހަސަން ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަނެއް ގާއިމުކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

Photo 6176797549231017894 y

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްފި

C54c4997 00fb 4286 b074 2beec45c9642

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ 2ވަނަ ކޯސް މިއަދު ފަށައިފި

Sstv FORM FOR EC

ދިފާޢީ ވަޒީރު އެމްއެންޑީއެފް ސަދަން އޭރިއާގެ ގަން އެއާ ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލައްވައިފި