ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ފިޔޯރީގެ ވޯޓު ފޮށި ފަޅާލައި، އެ ރަށުގެ ވޯޓުލުން ފަސްކޮށްފި

Sstv FORM FOR EC
STO_Ads
TTH_Ads
Advertisement

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ބާތިލުކޮށްފައިވާ ކަމަށާއި، ދެން އެ ފޮށްޓަށް ވޯޓުލުން ކުރިއަށްގެންދާނީ އެހެން ދުވަހަކު ކަމަށެވެ. ފިޔޯރީގެ ވޯޓު ފޮށްޓަށް ވޯޓުލުމަށް 84 މީހަކު ރަޖިސްޓަރީކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޔޯރީގެ ވޯޓު ފޮށި ފަޅައިލީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހަކަށް އެ ފުރުސަތު ނުލިބުމުން އައި ރުޅީގައެވެ.

މީގެ އިތުރުން ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ހިފައިގެން ގޮސްފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ފީއަލީގެ ވޯޓު ބާތިލުކުރުމަށް އިންތިހާބު ކޮމިޓީން އަދި ނިންމާފައެއް ނުވެއެވެ.

HajjCop_ads
Advertisement

ފިޔޯރީގެ ވޯޓު ބާތިލުކުރިއިރު، އެ ރަށުގައި ބެހެއްޓި ފޮށި ފަޅާލި މައްސަލައާއި ފީއަލީގެ މައްސަލަ ފާހަގަކުރައްވައި، މިއީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ކަމަށް މި އިންތިހާބުގައި ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބުގައި މީކާއީލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ފިޔޯރީ އާއި ފީއަލީގައި ހިނގައިގެން އުޅޭ ކަންކަމާ ގުޅޭގޮތުން ނަޝީދު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިފައިވެއެވެ. ވޯޓުލުން ރޭގަނޑު އަށެއްކަޅަ ތިރީހާ ހަމައަށް ކުރިއަށްދާނެއެވެ. މި ވަގުތަކީ ވޯޓުލާ ވަގުތަށް އިތުރުކުރި ތިރީސް މިނެޓު ހިމަނައިގެން ކަނޑައަޅާފައިވާ ވަގުތެކެވެ. ވޯޓުލުން ނިމުމާއެކު ވޯޓު ގުނުމުގެ އިންތިޒާމުތައް ކުރިއަށްދާނެއެވެ. މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާއިރު، ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީލަންކާގައި އެކަންޏެވެ.

އެމްޑީޕީއަކީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. މިއީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ހަވަނަ އިންތިހާބެވެ. މީގެ ކުރިން މި މަގާމު އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި މުހައްމަދު ނަޝީދު، މާރިޔާ އަހުމަދު ދީދީ، ރީކޯ މޫސާ މަނިކު، އަލީ ވަހީދު އަދި ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ. ޕާޓީގެ އެންމެ ފުރަތަމަ ޗެއާޕާސަންއަކީ ނަޝީދެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި

Igmh

އެމްޑީޕީގެ މަގުޗާޓު ނިންމަން ފައްޔާޒަށް މުގައްރިރުކަންދީ ކޮމިޓީއެއް އެކުލަވާލައިފި