މިދިޔަ ހަފްތާގެ ބުދަ ދުވަހު ސަރުކާރުގެ މަސްކުންފުނި– މިފްކޯއަށް މަސްކިރުވި 11 ދޯންޏަކަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ބުދަ ދުވަހު މަސް ކިރުވި 11 ދޯންޏަކަށް ޖުމްލަ 254،880 ރުުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ކިރުވި 10 ދޯންޏަކަށް ދޫކުރި 229،325 ރުފިޔާއާއި، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި ދޯންޏަކަށް ދޫކުރި 280 ރުފިޔާއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ހަތަރު ދޯންޏަކަށް ދޫކުރި 25،275 ރުފިޔާވެސް މީގެ ތެރޭގައި ހިމެނެއެވެ.
އިއްޔެވެސް މިފްކޯގެ އަށް ބަނދަރަކުން މަސްގަނެފައިވެއެވެ. އެއީ ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، އެއަތޮޅު ފަރެސްމާތޮޑާގެ ބަނދަރުގެ އިތުރުން ޏ. ފުވައްމުލަކާއި، ހުޅުމާލެ ބަނދަރާއި ހއ. އިހަވަންދޫ ބަނދަރުންނެވެ.
އަގުތަކަށް ބަލާއިރު މިފްކޯގެ ބަނދަރުތަކުން ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.










ކިޔުންތެރިންގެ ހިޔާލު