ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސުމީ ބަދަލުތަކަށް ތަޢުލީމީ ނިޒާމު ހޭނުވުމަށް ރާއްޖެއަށް ދެ ލައްކަ ޑޮލަރުގެ އެހީއެއް

430657 b6c51512 4
STO_Ads
TTH_Ads
Advertisement

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން، ޖީޕީއީއިން 2 ލައްކަ އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ފޯރުކޮށްދޭން ފާސްކޮށްފިއެވެ.

މި ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް، ސެސީ ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުންނެވެ. ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި އެހީގެ މަޤްސަދަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ އަދި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލުކަން ލިބިފައިވާ ހަރުދަނާ ނިޒާމަކަށް ހެދުމެވެ. ދިވެހި ރުފިޔާއިން ބަލާނަމަ، މި އެހީއަކީ 3,084,000 ރުފިޔާއެވެ. މި މަޝްރޫޢު ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ޔުނެސްކޯ އަދި ސޭވް ދަ ޗިލްޑްރަން އޮސްޓްރޭލިއާގެ އެއްބާރުލުމާއެކުގައެވެ.

އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި މައިގަނޑު ހަތަރު ދާއިރާއަކުން މަސައްކަތް ކުރުމަށް ވަނީ ކަނޑައެޅިފައެވެ. އެގޮތުން، މޫސުމާ ގުޅޭ ކަންކަމަށް ޚަރަދު ކުރުމަށް މާލީ އެހީ ހޯދުމާއި، ޤައުމީ މަންހަޖުގެ ތެރޭގައި މޫސުމާބެހޭ ބައިތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުދައްރިސުން ތަމްރީނު ކުރުމާއި، ސްކޫލުތަކުގެ ޢުމްރާނީ ވަސީލަތްތައް ވަރުގަދަ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މޫސުމީ ބަދަލުތަކާއި ގުޅޭ މައުލޫމާތު ބަލަހައްޓާ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ.

MMA_Ads
HajjCop_ads
Advertisement

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން ނުވަތަ ޖީޕީއީއަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުކުރުމާއި، ދާއިރާގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައިނަލްއަޤްވާމީ ހިއްސާދާރެކެވެ. މީގެ ކުރިންވެސް ޖީޕީއީގެ އެހީގެ ދަށުން ތަޢުލީމީ ވުޒާރާއިން ގުޅިގެން “ތަޢުލީމަށް އިންގިލާބީ ބަދަލު”ގެ ނަމުގައި މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިފަދަ އެހީތަކުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާވެ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިވެގެންދާނެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HEzs5yfaYAAxrkX

މުލީ ސްކޫލްގައި 10 ކްލާސްރޫމް ޢިމާރަތްކުރުމަށް އެމްޓީސީސީއަށް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

Whatsapp image 2025 11 12 at 11.29.41 (1)

ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރުމަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި