ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު އެއްކޮށް ހިފެހެއްޓުން ރަނގަޅެއް ނޫން: ޝަފީޢު

HPgp9kha0AAuT2w
TTH_Ads
STO_Ads
Advertisement

އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އެއްކޮށް ހިފެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ތަޢުލީމާއި، މަތީތަޢުލީމާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، ތަޢުލީމީ ނިޒާމަކީ ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ކުރިއަށްގެންދަންޖެހޭ ނިޒާމެއްކަމަށެވެ. އެ ނޫންގޮތަކަށް ތަޢުލީމީ ނިޒާމްގެ ކަންކަން ބައްޓަންކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން ފާހަގަކުރައްވާ ޝަފީޢު ވިދާޅުވީ ވަކި ގޮތަކަށް އުނގެނުމުގެ ފުރުސަތު ހިފަހައްޓައިފިނަމަ، ވަރަށް ގިނަ ބަޔަކަށް އުނގެމުގެ ހައްގު ގެއްލޭނެކަމަށެވެ.

ޝަފީއު ވިދާޅުވީ އޮންލައިން ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ހޯދުމުގެ އާދަ ދިވެހިންގެ ކިބައިގައި އަށަގަންނަމުންދާއިރު ތަޢުލީމު އުނގެނުމުގައި ވެސް އޮންލައިންގެ ނިޒާމްގެ ބޭނުން ހިފެންވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ޒަމާނާއި އެއްވަރަށް ތަޢުލީމީ ނިޒާމް ކުރިނާރާކަމަށް ބުނެ ބައެއް ފަރާތްތަކުން މިހާރުވެސް އެ ނިޒާމަށް ފާޑުކިޔުންތައް އަމާޒުކުރާކަމަށް ޝަފީޢު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރާއްޖެ ފަދަ ޤައުމެއްގައި އިންސްޓިޓިއުޝަންތަކާއި ދުރުގައި ވަރަށް އެކަހެރި ހިސާބުތަކުގައި ރައްޔިތުން ތިބޭއިރު ތަޢުލީމީ ނިޒާމްތައް ބައްޓަންކުރަންވާނީ އެ ފުރުސަތު ވީހާވެސް ބޮޑަށް ލިބޭގޮތަށް.

ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އޮންލައިން ނުވަތަ ވަރޗުއަލް ނިޒާމްގެ ތެރެއިން ކަންކަން މޮނިޓަރކުރަން އެހެން ނިޒާމްތަކަށްވުރެ ފަސޭހަކަމަށް ޝަފީޢު ފާހަގަކުރެއްވިއެވެ. އެގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމާއި، ދަރިވަރުންނާއި ހިންގާ މުޢާމަލާތުތައް ދެނެގަތުމުގައި އޮންލައިން ނިޒާމެއްގައި ކަންކަން ބެލެހެއްޓުން ފަސޭހަވާނެކަމަށް ޝަފީޢު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޝަފީޢު ވަނީ، ކޮންމެ ދާއިރާއަކުން ކިޔެވިޔަސް ދަސްވެނިންގެ ތެރޭގައި އެކިފެންވަރުގެ މީހުން ތިބޭނެކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެއިން ކޮންމެ މީހަކަށްވެސް ދަސްވެނިވުމަށް ފުރުސަތު ދެނީ އެ މީހަކު ކިޔަވާ ކޯހެއްގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، އެ ކޯހެއް ނިންމާއިރު އެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޤާބިލްކަން ފުރިހަމަވިކަން ކަށަވަރުކުރުމަށްފަހުކަމަށް ޝަފީޢު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ސަރުކާރު ސްކޫލްތަކަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފި

Sstv FORM FOR EC

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއަރ “ކިއު-ސްޓަޑީ ފެއަރ 2026” ބުރާސްފަތި ދުވަހު ފަށަނީ

430657 b6c51512 4

މޫސުމީ ބަދަލުތަކަށް ތަޢުލީމީ ނިޒާމު ހޭނުވުމަށް ރާއްޖެއަށް ދެ ލައްކަ ޑޮލަރުގެ އެހީއެއް

Original

މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި