ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުރިހާ މުދައްރިސުންވެސް އެއްވެސް ކުއްޖަކު ތަފާތުކުރުމެއް ނެތި އުނގަންނައިދިނުމަށް ތައްޔާރުވެފައި ތިބެންޖެހޭ: ވަޒީރު

HP6Yx90aoAAK9Ri
STO_Ads
TTH_Ads
Advertisement

ހުރިހާ މުދައްރިސުންވެސް ކޮންމެ ކުއްޖަކަަށްވެސް ތަފާތުކުރުމެއް ނެތި އުނގަންނައިދިނުމަށް ތައްޔާރުވެފައި ތިބެންޖެހޭކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުންނާއި ލީޑިންގ ޓީޗަރުންނާއި ޕްރިންސިޕަލުން އިންކުލޫސިވް ޕެޑަގޮޖީއަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ “އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއްދެވޭ އެއްކަމަކީ މުދައްރިސުން ތަމްރީންކުރުންކަމަށެވެ. މުދައްރިސުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޤައުމީ ޕްރޮގްރާމްގެ ތެރެއިން އެތައް ސަތޭކަ ދަރިވަރުންނެއް މިހަރުވެސް ކިޔަވަމުންދާކަމަށާއި އޭގެ ތެރޭގައި ސެން ޓީޗަރުންވެސް ހިމެނޭކަމަށެވެ.

މި މަސައްކަތް 2024ވަނަ އަހަރު ފެށިއިރު ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސިުން މަދުކަން ފާހަގަކުރެވުނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭގެ ތެރެއިންވެސް އަތޮޅުތަކުގެ ސްކޫލްތަކުގެ އެފަދަ މުދައްރިސުން މަދުކަމަށެވެ. އެހެންކަމުން މިއަދު އިފްތިތާހްކުރި އޮންލައިން ޕްލެޓްފޯމާއާއެކު ކޮންމެ މުދައްރިސަކު ކޮންމެ ތަނެއްގައިވެސް ހުރެގެންވެސް އިންކުލޫސިވް އެޑިއުކޭޝަންއަށް އަހުލުވެރިވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އިންކުލޫސިވް އެޑިއުކޭޝަންއަށް އަހުލުވެރިވުމަކީ ސެން ޓީޗަރުންނަށް އެކަނި އޮތްކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެބަދަލުގައި ހުރިހާ މުދައްރިސުންވެސް ކޮންމެ ކުއްޖަކަަށްވެސް ތަފާތުކުރުމެއް ނެތި އުނގަންނައިދިނުމަށް ތައްޔާރުވެފައި ތިބެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަންގައި އީ ލަރނިން 7 މޮޑިއުލްއެއް ފަރުމާކޮށްފައިވެއެވެ. މި މޮޑިއުލް މިހާރު ވަނީ އެދުރު ޕޯޓަލް މެދުވެރިކޮށް ސުކޫލްތަކަށް ހުޅުވާލާފައެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭ މޮޑިއުލްތައް

  •  ޔުނިވަރސަލް ޑިޒައިން ފޯ ލާރނިން
  • ޑިފެރެންޝިއޭޓިޑް އިންސްޓްރަކްޝަންސް
  • އެސިސްޓިވް ޓެކްނޮލަޖީ
  • ޓީޗިންގ ސްޓްރެޓެޖީސް ފޯ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ
  • މެނޭޖިންގ ޗެލެންޖިން ބިހޭވިއަރ ފޯ ސްޓޫޑެންޓްސް ވިތް އޭ.ޑީ.އެޗް.ޑީ އެންޑް އޭ.އެސް.ޑީ
  •  އާރލީ އައިޑެންޓިފިކޭޝަން އެންޑް އިންޓަރވެންޝަން
  • ޑިޒައިން ތިންކިންގ
މިއީ ސްކޫލްތަކުގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް އަހުލުވެރިކޮށް ޓީޗަރުންނާއި ވެރިންގެ ޤާބިލުކަން މިދާއިރާއިން އިތުރުކުރުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ މޮޑިއުލްތަކެކެވެ. މިއީ ސެލްފް ޕޭސްޑް ނުވަތަ ފްލެކްސިބްލް ވަގުތު ބޭނންްކޮށްގެން ފުރިހަމަކުރެވޭ މޮޑިއުލްތަކެކެެވެ. މި މޮޑިއުލްތައް ފުރިހަމަކުރާ މީހުންނަށް އިންކްލޫސިވް އެޑިއުކޭޓަރ ސެޓްފިކެޓް ޕޯޓަލްއިން ލިބޭނެކަމަށް ތަޢުލީމީ ވުޒާރާއިން ބުންޏެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކަބަލުން
މުދަށްރިސުން ނަކީ ދަރިވަރުން ތަފާތުކުރުމުގެ ރިކޯޑު އޮތްބައެށް ކުރިންވެސް އެގޮތް މިހާރުވެސް އެގޮތް ތަފާތުނުކޮށްފިއްޔާ ކިތަންމެހާވެސް ރަގަޅު.

ގުޅުންހުރި

HPgp9kha0AAuT2w

އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު އެއްކޮށް ހިފެހެއްޓުން ރަނގަޅެއް ނޫން: ޝަފީޢު

Mm

ސަރުކާރު ސްކޫލްތަކަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފި

Igmh

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަންނަ ނޮވެންބަރު މަހަށް ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

minister Ismail

އެއްވެސް އުޒުރެއް ނެތި ދަރިވަރުން ސްކޫލަށް ނުދާނަމަ މިހާރު ފިޔަވަޅު އަޅާނެ: ޑރ. އިސްމާއީލް