ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާނުން ބިނާކުރުމުގެ އެންމެ މުހިންމު ސިޔާސަތަކީ ދިވެހި ވަޠަނީ ޚިދުމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Sstv FORM FOR EC
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ހިންގާ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗުގެ ތަމްރީނަށް ފުރި ދިވެހި ޒުވާން ހުރިހާ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްގައި ޚާއްޞަ މެސެޖެއް ހިއްސާކުރައްވާފައެވެ. މި މެސެޖުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ތަމްރީނުގެ ތެރެއިން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ އިތުރުން ސުލޫކާއި ލީޑަރޝިޕް ދަސްކޮށްދެވޭނެއެވެ. އަދި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން ޒުވާނުންނަށް މުހިންމު ހުނަރުތަކެއް އުނގަންނައިދެވޭނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވުމަށް ކުރިމަތިލާފައެވެ. އެގޮތުން ކުރިމަތިލި 1785 ޒުވާނުންގެ ތެރެއިން 352 ބައިވެރިން ވަނީ ނޭޝަނަލް ސަރވިސް ޓްރޭނިންގގެ 3 ވަނަ ބެޗަށް ހޮވިފައެވެ. މި ބައިވެރިން ތަމްރީނުތައް ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ. މި ތަމްރީނުތައް 3 މަސް ދުވަހުގެ މުއްދަތަށް އެ ރަށުގައި ކުރިއަށް ގެންދާނެއެވެ.

HajjCop_ads
Advertisement

މިފަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެއެވެ. ނޭޝަނަލް ސަރވިސް ޓްރޭނިންގގެ 3 ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން 115 ރަށަކަށް ނިސްބަތްވާ ޒުވާނުން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ 64 އަންހެން ޒުވާނުންނާއި 288 ފިރިހެން ޒުވާނުންނެވެ. މި ޕްރޮގްރާމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ޤައުމީ ހަރަކާތެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް