ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ރަމީޒު ނިޔާވެއްޖެ

Sstv FORM FOR EC
STO_Ads
TTH_Ads
Maldivian_Ads
Advertisement

އައްޑޫ ސިޓީގެ ހިތަދޫގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު ރަމީޒް އަބްދުﷲ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެން ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައި ވަނީ ހިތަދުއަށް އުފަން ރަމީޒް އަބްދުﷲ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ވީޑިއޯއިން ފެންނަ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ، ބާރު ސްޕީޑުގައި ނުބައި ފަޅިން ދުއްވާފައި ދިޔަ ސައިކަލެއް ގޮސް، މަޑުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވި ވަގުތު މީހަކު ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓޭ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

މި ހާދިސާގައި ރަމީޒަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފައެވެ. އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ.

HajjCop_ads
Advertisement

މި ނުރައްކާތެރި އެކްސިޑެންޓާ ގުޅޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big Qz0f9kHMg1D6FA2H71UEdZYew

ކުޑަކުއްޖާ ނިޔާވި އެކްސިޑެންޓު: ފުލުހުން ބުނީ ކުއްޖާގެ ގައިގައި އެހެން ކާރަކުން ޖެހުނުކަމަށް ބެލެވޭކަމަށް!

Original

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ލިބުނު ކުއްޖާ ނިޔާވެއްޖެ

Police vcle

ފޭސް 2 ގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، ދެމީހަކަށް ފަރުވާދެނީ

WhatsApp Image 2026 08 29 at 22.57.47

ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ