ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނަމާލެ ބުރިޖު ހައިވޭގައި ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

Qw
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސިނަމާލެ ބުރިޖު ހައިވޭމަތިން މިއަދުގެ ހަވީރު ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށާއި، މި ހާދިސާގެ މައުލޫމާތު މިއަދުގެ ހަވީރު 16:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މި އެކްސިޑެންޓުގައި އަންހެނެއްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. ނަމަވެސް، ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އަނިޔާވި ތިން މީހުންގެ ހާލު ވެސް މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

HajjCop_ads
Advertisement

މާލެ ސަރަހައްދުގެ މަގުތަކާއި ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ ނިސްބަތް ފަހަކަށް އައިސް އިތުރުވެފައިވާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްקާ ގޮތުގައި މާލެއާއި ސިނަމާލެ ބުރިޖުގައި ދުވާލެއްގެ މައްޗަށް އެޑްވަރޭޖްކޮށް ހަތް އެކްސިޑެންޓް ހިނގައެވެ. މިފަދަ ހާދިސާތަކުގައި މީގެ ކުރިން ވެސް ބޮޑެތި އަނިޔާތައް ލިބިފައިވުމާއެކު، ދުއްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓުގެ ޑްރައިވަރު ދައުވާއަށް އިންކާރުކޮށްފި

448964 3 037430c446ec08e53c8e13c8415a0fd9dd30ac63

ސޯސަން މަގު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

Io

އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައި

kulli khabaru

ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، 3 މީހުންގެ ހާލު ސީރިއަސް