ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

DSC
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުން ފުރަތަމަ ފަހަރަށް 100 ޕަސެންޓަށް ހާސިލުކުރުމަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ހާމަކުރެއްވި ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރުގެ 16 ވުޒާރާއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ ނުވަތަ ޕްރޯއެކްޓިވް ޑިސްކްލޯޒާގެ 100 ޕަސެންޓު ހާސިލުކޮށްފައެވެ. މިއީ މި ގާނޫނަށް އަމަލުކުރަން ފެށިފަހުން މި ކާމިޔާބީ ހާސިލުކުރި ފުރަތަމަ ފަހަރެވެ. ކުރިން މި ނިސްބަތް ހުރީ އެވްރެޖުކޮށް 34 ޕަސެންޓުގައެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އާންމުންނަށް ކުރިން ނުލިބޭ ގިނަ މައުލޫމާތުތަކެއް ލިބި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަކީ މި ސަރުކާރުގެ ހަމައެކަނި މަގުސަދު ނޫންކަމަށާއި، މައުލޫމާތު ހޯދުމުގެ ހައްގަކީ ރައްޔިތުންގެ އިތުބާރާއި ޑިމޮކްރެޓިކް ވެރިކަމެއްގެ ބިންގާކަމަށް ސަރުކާރުން ގަބޫލުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި ލަނޑުދަނޑި ހާސިލުކުރުމަށް އިދާރާތަކުން ދިން އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އިދާރާތަކުގެ އޮނިގަނޑާއި ހިދުމަތްތަކުގެ އިތުރުން މުވައްޒަފުންގެ މައުލޫމާތު ހިމެނޭހެން 13 ބާވަތެއްގެ މައުލޫމާތު ކޮންމެ އަހަރަކު އާންމުކުރަންޖެހެއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ހުށަހެޅުނު 288 މައްސަލައިގެ ތެރެއިން 233 މައްސަލައަކަށް ވަނީ ޖަވާބުދާރީވެފައެވެ. ރައީސް ޑރ. މުއިއްޒު ވަނީ، ކުރިމަގުގައި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުން އިތުރަށް ފުޅާކުރައްވައި، ސަރުކާރުގެ ނިންމުންތަކުގައި އާންމުންގެ ބައިވެރިވުން އިތުރުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް