ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

36 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި

Sstv FORM FOR EC
TTH_Ads
STO_Ads
Advertisement

ފެބްރުއަރީ މަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނުގެ ރައްޔިތަކު ދިވެހި ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މި ޝިޕްމެންޓާ ގުޅިގެން މީގެ ކުރިން ވަނީ ދެ ދިވެއްސަކު ހައްޔަރުކޮށްފައެވެ. އެއީ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މ. މުލައް، މަދާރުގެ، ހަސަން މަފާޒު އަދި ހ. ފިލްމީސައިޓް، ވިޝާމް މުހައްމަދެވެ.

މި މައްސަލައިގައި ހަތަރު މަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ ޒަފަރް އަހްމަދެވެ. ފުލުހުން ކޯޓުގައި މައުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގައި ދިރިއުޅެމުންދާ މި މީހާއަކީ ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުރި ފަރާތެކެވެ. އަދި 36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައިގަނޑު ރޭވުންތެރިޔަކީ އޭނާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

HajjCop_ads
Advertisement

ޒަފަރް އަހްމަދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މުއްދަތު ދީފައިވަނީ އޭނާއަށް ގާނޫނީ ވަކީލަކާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިނުވާތީ އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Ew

ނަލަހިޔާ ރެޒިޑެންސްއިން 3.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި

8u

3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ކުރިން ހައްޔަރުކުރި މީހަކު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް

criminal court

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލައިފި